ހަބަރު

މުޒާހަރާ ކުރި ފަސް މީހަކު ހައްޔަރު ކޮށްފި

އެޗްޕީއޭގެ ގައިޑްލައިނާ ހިލާފަށް އެއްވުމެއް ކުރިއަށް ގެންދިޔަ ބަޔަކު ފުލުހުން ހައްޔަރު ކޮށްފި އެވެ.

ފުލުހުން ބުނީ އެޗްޕީއޭގެ ގައިޑްލައިނާ ހިލާފަށް އެއްވުމެއް ކުރިއަށް ގެންދިޔަ ބަޔަކަށް ނަސޭހަތް ދިނުމުންވެސް އެއްވުން ކުރިއަށް ގެންގޮސްފައިވާތީ ފަސް މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ.

މި ފަސްމީހުންނަކީ ފުލުހުންގެ އަމުރަށް ނުކިޔަމަންތެރވި ފަސް މީހުން ކަމަށާއި މީގެ ތެރޭގައި ހިމެނެނީ ދެ ފިރިހެނުންނާއި ތިން އަންހެނުން ކަމަށްވެސް ފުލުހުން ވަނީ ބުނެފަ އެވެ. މި އެންމެނަކީވެސް ދިވެހިންނެވެ.

މިއަދު ހަވީރު މާލޭގެ މަޖީދީ މަގުގައި ބޭއްވި އެއްވުމަކީ ޖިންސީ ގޯނާއާއި ޖިންސީ ފުރައްސާރައާ ދެކޮޅަށް ބޭއްވި އެއްވުމެކެވެ.