ހަބަރު

އެމެރިކާގެ ސެެކްރެޓަރީ އޮފް ސްޓޭޓް ރާއްޖެ ވަޑައިގެންފި

އެމެރިކާގެ ސެކެޓްރީ އޮފް ސްޓޭޓް މައިކަލް ޕޮމްޕިއޯ ރާއްޖެ ވަޑައިގެންފި އެވެ.

ރާއްޖެ ވަޑައިގެންނެވުމާއެކު ޕޮމްޕިއޯއަށް ރަސްމީކޮށް މަރުހަބާ ވިދާޅުވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އެވެ. އެއަށްފަހު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ކުރެއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

ދެ ބޭފުޅުންގެ މަޝްވަރާއާ ގުޅޭ ގޮތުން މީޑިއާއަށް މައުލޫމާތު ދެއްވުމަށް ހަވީރު ޖޮއިންޓް ޕްރެސް ސްޓޭޓްމަންޓެއް ދެ ބޭފުޅުން ދެއްވާނެ އެވެ.

އެމެރިކާގެ ހާރިޖީ ވަޒީރުގެ މި ދަތުރުފުޅަކީ ޖުލައި 24، 1992 ގައި އެމެރިކާގެ އޭރުގެ ހާރިޖީ ވަޒީރު ޖޭމްސް ބޭކާ ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅަށް ފަހު އެމެރިކާ ސަރުކާރުގެ ފަރާތުން ރާއްޖެއަށް ކުރައްވާ އެންމެ މަތީ ފަންތީގެ ދަތުރުފުޅެވެ.

ދިވެހިރާއްޖެ އަށް ފަހު ދަތުރުފުޅު ނިންމަވާލާނީ އިންޑޮނޭޝިއާ އިންނެވެ.