ފޮރިން މިނިސްޓްރީ

ރާއްޖެ އޮތީ ޗައިނާއާ އެއްކޮޅަށް: ސަރުކާރު

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް އަރިހުގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު -- ފޮޓޯ: ރައީސް އޮފީސް
0%
0%
100%

ޓައިވާން ވަށާލައި ޗައިނާއިން ކުރަމުން ގެންދާ އަސްކަރީ ފަރިތަކުރުންތަކުގެ ސަބަބުން މަސްރަހު ހޫނުވެ ދެ ގައުމުގެ ދެމެދުގައި ރުޅިވެރިކަން އިތުރުވެފައި ވަނިކޮށް ދިވެހި ސަރުކާރުން "ވަން ޗައިނާ" ޕޮލިސީއަށް ވައުދުވެފައިވާކަން ހަނދާންކޮށްދީ ޓައިވާން މައްސަލާގައި ޗައިނާއިން އަމަލު ކުރާ ގޮތަށް ތާއީދު ކުރާކަން ހާމަކޮށްފި އެވެ.

އެމެރިކާގެ ގާނުނު ހަދާ މަޖިލީހުގެ ރައީސް ނާންސީ ޕެލޯސީ ޓައިވާނަށް ވަޑައިގަންނަވާނެކަން އިއުލާން ކުރި ދުވަހުން ފެށިގެން، ޕެލޯސީގެ ޓައިވާން ދަތުރު ކެންސަލް ކުރުމަށް އެދި ޗައިނާ ވަނީ ތަކުރާރުކޮށް އެމެރިކާގެ ކިބައިން އެދިފަ އެވެ. އެހެން ނަމަވެސް ޗައިނާގެ އިހްސާސަށް ބެލުމެއް ނެތި ބައިނަލްއަގުވާމީ ގޮތުން ގަބޫލުކޮށްފައި ހުރި އުސޫލުތަކާ ވެސް ހިލާފަށް ޕެލޯސީ ވަނީ ޓައިވާނަށް ވަޑައިގެން ޗައިނާ އަށް ގޮންޖައްސަވައި ބަސް ވިދާޅުވެފަ އެވެ.

ޕެލޯސީ ވިދާޅުވި ގޮތުން ބާރުގަދަ ގައުމުތަކުގެ ވެރިންނަށް ޓައިވާނަށް ވަޑައިގަނެވެން ޖެހޭނެ އެވެ. އޭނާ އަދި ވިދާޅުވީ ޗައިނާގެ ސަބަބުން ޓައިވާނަށް ހައިސިއްޔަތު ގެއްލިފައިވާ ކަމަށެވެ. ދުނިޔޭގައި ހަރަކާތްތެރިވުމުގެ އިހްތިޔާރު ޓައިވާނަށް ލިބިފައި ނެތީ ވެސް ޗައިނާގެ ނުފޫޒާ ހެދި ކަމަށް ވެސް ވިދާޅުވި އެވެ.

ޗައިނާ ގަބޫލުކުރާ ގޮތުން ޓައިވާން އަކީ މިނިވަން ދައުލަތެއް ނޫނެވެ. އެއީ ޗައިނާގެ ވަކިން އޮންނަ އަވަށެކެވެ. އެހެންކަމުން ދުނިޔޭގެ ގައުމުތަކަށް ޓައިވާނާ އެކު ސިޔާސީ ގުޅުން ބަދަހިކުރުމާއި އެމްބެސެޑަރުން ކަނޑައެޅުމެއް ނޯންނާނެ އެވެ.

ޓައިވާން މައްސަލަ ގޯސްވެފައިވާތީ އެކަމާއި ގުޅޭގޮތުން ރާއްޖޭގެ ސްޓޭންޑަކީ ކޮބައިތޯ ސުވާލު ކުރުމުން ފޮރިން މިނިސްޓްރީން ވަނީ ރާއްޖެއަކީ "ވަން ޗައިނާ" ޕޮލިސީއަށް ވައުދުވެފައިވާކަން ހަނދާންކޮށްދީފައެވެ. މި މައްސަލާގައި ފޮރިން މިނިސްޓްރީން ރަސްމީކޮށް ބަޔާނެއް ނުނެރޭނެ ކަމަށްވެސް ބުންޏެވެ.

ޗައިނާއިން ހިންގާ "ވަން ޗައިނާ" ސިޔާސަތު ގަބޫލުކުރާ ގައުމުތަކުން ޓައިވާން މައްސަލާގައި ޗައިނާގެ ބުނުމަށް އިހުތިރާމް ކުރެ އެވެ. ހުދު އެމެރިކާ ވެސް ބުނަނީ "ވަން ޗައިނާ" ސިޔާސަތު ގަބޫލުކުރާ ކަމަށެވެ.

އެހެން ނަމަވެސް އެމެރިކާއިން އަމަލުކުރަނީ ޓައިވާނަކީ މިނިވަން ދައުލަތެއް ގޮތަށެވެ. ހަތިޔާރު ފޯރުކޮށްދީގެން ޓައިވާންގެ އަސްކަރިއްޔާ ބާރުވެރި ކުރުވުމާއި އެމެރިކާ ސަރުކާރުގެ އިސް އޮފިޝަލުން ޓައިވާނަށް ވަޑައިގެން އުއްމީދު އާކޮށްދީ ޗައިނާއާ ކުރިމަތިލުމަށް ވަސްވާސްދެ އެވެ

ޓައިވާން ވަށާލައި ޗައިނާގެ ޕީޕަލްސް ލިބަރޭޝަން އާމީ (ޕީއެލްއޭ) އިން މިހާރު ހިންގަމުން ގެންދާ މިސައިލް ފަރިތަކުރުންތަކަކީ ޕެލޯސީ ޓައިވާނަށް ވަޑައިގަތުމުން ބަދަލުހިފުމުގެ ގޮތުން ހިންގާ ހަރަކާތްތަކެކެވެ. އަދި އެއީ ޓައިވާން ހިފަން ޖެހިދާނެ ކަމަށް ދޭ އަމަލީ އިންޒާރެކެވެ.
ޓައިވާން ބާރުވެރި ކުރުވުމުގައި އެމެރިކާ ގެންގުޅޭ ވިސްނުމަކީ ދެކުނު ޗައިނާ ކަނޑުގައި، ޗައިނާގެ ހަރަކާތްތައް ކޮންޓްރޯލް ކުރުމެވެ. އަދި ޓައިވާނަށް އަސްކަރީ ގާބިލުކަށް ފޯރިކޮށްދިނުމާ އެކު އެ ސަރަހައްދުގައި އެމެރިކާއަށް އޮތް ފުރުސަތާއި ބާރުވެރިކަން އިތުރުކުރުމަކީ ވެސް އެމެރިކާގެ އެޖެންޑާއެކެވެ.

1 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ޙަބީބު.

ޓ ޓައިވާނު ފުނޑާލުން މިހާރު އެމެރިކާނުންގެ ބޭނުމަކީ ދުނިޔޭގެ ހަލާކު އެމެރިކާ އިނގިރޭސިން

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345