އަބްދުﷲ ޝާހިދު

"ޗައިނާގެ އާ އަހަރާއިއެކު ގުޅުން ވަރުގަދަވާނެ"

ރާއްޖޭގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ޗައިނާގެ ފޮރިން މިނިސްޓަރު ވާންގް ޔީ އާއިއެކު: އައު އަހަރާއި އެކު ދެ ގައުމުގެ ގުޅުން ވަރުގަދަވާނެ ކަމަށް ޝާހިދު ވިދާޅުވެއްޖެ --- ފޮޓޯ: ފޮރިން މިނިސްޓްރީ
0%
0%
0%

ޗައިނާގެ އާ އަހަރާއި އެކު ރާއްޖެ އަދި ޗައިނާގެ ގުޅުން އިތުރަށް ވަރުގަދަވެގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ރައްޖޭގެ ފޮރިން މިނިސްޓަރު އަދި އދ.ގެ އާންމު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

ޗައިނާގެ އާ އަހަރާ ދިމާކޮށް ޝާހިދު އާންމުކުރެއްވި މެސެޖްގައި ވަނީ އާ އަހަރުގެ ތަހުނިޔާ ޗައިނާގެ ސަރުކާރަށާއި އެ ގައުމުގެ ރަށްޔިތުންނަށް އަރިސްކޮށްފަ އެވެ.

ޗައިނާ އިން ރާއްޖެއާ އެކު ބާއްވާ ގާތްގުޅުން ފާހަގަކުރައްވަމުން ޝާހިދު ވިދާޅުވީ ހާއްސަކޮށް ކޮވިޑްގެ ހާލަތުގައި ޗައިނާއިން ރާއްޖެއަށް ވެދިން އެހީއަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.

ޗައިނާގެ އާ އަހަރާއި އެކުގައި ދެ ގައުމުގެ ގުޅުން އިތުރަށް ވަރުގަދަވެގެންދާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ވެސް ވިދާޅުވި އެވެ. ދެ ގައުމުގެ ގުޅުން އިތުރަށް ވަރުގަދަ ކުރުމަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ވެސް ޝާހިދު ދެއްވި އެވެ.

މީގެ އިތުރުން ޝާހިދު ވިދާޅުވީ ޗައިނާގެ ބެއިޖިންގައި މި އަހަރު ބާއްވަން ހަމަޖެހިފައިވާ ވިންޓާ އޮލިމްޕިކްސް އަށް އެ ގައުމަށް ދެވޭނެ ދުވަހަކަށް އިންތިޒާރު ކުރައްވާ ކަމަށެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345