އަބްދުﷲ ޝާހިދު

އެމްބަސީ ހުޅުވުމަށް މިނިސްޓަރު ޝާހިދު އެމެރިކާއަށް

އެމެރިކާގައި ރާއްޖޭގެ އެމްބަސީ ހުޅުވުމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އެ ގައުމަށް ވަޑައިގެންފި އެވެ.

އެމެރިކާގެ ވެރިރަށް ވޮޝިންޓަންގައި ރާއްޖޭގެ އެމްބަސީ ހުޅުވުމަށް މިނިސްޓަރު ޝާހިދު އެމެރިކާއަށް ވަޑައިގަތުމުން މަރުހަބާ ދެންނެވީ ރާއްޖެއިން އެމެރިކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޢަބްދުލްޣަފޫރު މުހައްމަދެވެ.

މިނިސްޓަރު ޝާހިދު ވިދާޅުވީ އެމެރިކާއަށް ކުރައްވާ ދަތުރުފުޅުގެ ސަބަބުން ދެ ގައުމުގެ ގުޅުން ބަދަހިވެގެންދާނެ ކަމަށެވެ.

ޝާހިދު އެމެރިކާއަށް ކުރައްވާ ދަތުރުފުޅުގައި އެގައުމުގެ ސެކެޓްރިއޭޓް އޮފް ސްޓޭޓް އެންތަނީ ބްލިކެންއާ ބައްދަލު ކުރައްވާނެ އެވެ.

އެމެރިކާގައި ރާއްޖޭގެ އެމްބަސީއެއް ހުޅުވުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މިނިސްޓަރު ޝާހިދު ވަނީ މިދިޔަ އަހަރު ވިދާޅުވެފަ އެވެ.