ހަބަރު

"ބަޑި ބުރާސްފަތި"ގެ ނަމުގައި އިދިކޮޅުގެ ޖަލްސާއެއް

ނަސްރުގެ ދުވަހާއި ގުޅުވައިގެން "ބަޑި ބުރާސްފަތި" ގެ ނަމުގައި އިދިކޮޅުން ޖަލްސާއެއް ބާއްވަން ނިންމައިފި އެވެ.

ޕީޕީއެމް ޕީއެންސީ އިން ބުނީ ނަސްރުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން "ބަޑި ބުރާސްފަތި"ގެ ނަމުގައި ޖަލްސާއެއްް ނޮވެމްބަރު މަހުގެ ތިން ވަނަ ދުވަހުގެ ރޭ 8:15 ގައި އޮންނާނެ ކަމަށެވެ. މި ޖަލްސާ ބާއްވަން ނިންމާފައިވަނީ ކާނިވާ ސާރަހައްދުގަ އެވެ.

ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ޖަލްސާ ބޭއްވުމަށް ކާނިވާ ސަރަހައްދު ހޯދުމަށް މާލެ ސިޓީ ކައުންސިލުގައި އެދިފައިވާނެ ކަމަށެވެ. އަދި މިހާތަނަށް ޖަވާބެއް ލިބިފައިނުވާ ކަމަށެވެ.