ޗެމްޕިއަންސް ލީގް

ރެއާލް އަތުން އިންޓަ ބަލި، ބަޔާނާއި ލިވަޕޫލަށް ބޮޑު މޮޅެއް

އިންޓަ މިލާންގެ މައްޗަށް 3-2 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި ރެއާލް މެޑްރިޑް ގުރޫޕްގެ ދެ ވަނައަށް ޖެހިލައިފި އެވެ.

މެޑްރިޑްގެ އަލްފުރެޑޯ ޑި ސްޓެފަނޯ ސްޓޭޑިއަމްގައި ކުޅުނު މެޗުގައި، މެޗުގެ ނަތީޖާ ހަމަހަމަ ވެފައި ވަނިކޮށް ރެއާލް މޮޅުކޮށްދިން ލަނޑު ކާމިޔާބު ކުރީ ރޮޑްރީގޯ ހޮއިސް އެވެ. މެޗުގައި ފުރަތަމަ ދެ ލަނޑު ޖެހީ ރެއާލްއިންނެވެ. އެ ޓމުގެ ފުރަތަމަ ލަނޑު ކަރީމް ބެންޒެމާ ކާމިޔާބު ކުރީ އޭނާއަށް ހުހަށް ލިބުނު ބޯޅަ ހިފައިގެން، ޕެނަލްޓ އޭރިއާ ހަމައަށް ގޮސް އިންޓަގެ ކީޕަރު ސާމިރު ހަންޑޯނޮވިޗް ކައިރިން ނައްޓާ ލުމަށް ފަހު އެވެ.

ދެ ވަނަ ލަނޑު ސާޖިއޯ ރޯމާސް ކާމިޔާބު ކުރީ ޓޯނީ ކްރޫޒް ނަގައިދިން ކޯނަރު ބޮލުން ގޯލްގެ ތެރެއަށް ވައްދާލައިގެންނެވެ. އޭގެ ދެ މިނެޓް ފަހުން ނިކޮލާ ބަރޭލާ ނަގައިދިން ފުރުސަތަކުން ލައުޓާރޯ މާޓީނޭޒް އިނޓަގެ ލަނޑު ކާމިޔަބު ކުރި އެވެ. ދެ ވަނަ ހާފުގައި ނުކުމެ އެ ޓީމަށް ނަތީޖާ ހަމަހަމަ ކޮށްދިނީ އީވާން ޕެރިސިޗް އެވެ. ރެއާލް މޮޅުކޮށް ދިން ލަނޑުަގައި ހިއްސާވީ ބަދަލު ކުޅުންތެރިންގެ ގޮތުގައި ކުޅެން ނުކުތް ބްރެޒިލްގެ ދެ ފޯވަޑުން ކަމަށްވާ ރޮޑްރީގޯ އާއި ވިނީސިއުސް ޖޫނިއާ އެވެ. ވިނީސިއުސް، އޭރިއާ ތެރެއަށް ނަގައިދިން ބޯޅަ ލިބުނީ ރޮޑްރިގޯ އަށެވެ. އޭނާ ހުރި ޕޮޒިޝަންގެ ގޮތުން އޭނާއަށް ޖާގަ ލިބެން އޮތެވެ. އޭގެ ފައިދާ ނަގައި ގޯލްގެ ތެރެއަށް ބޯޅަ ފޮނުވާލި އެވެ.

ސަލްޒްބާގް އާ ދެކޮޅަށް ކުޅުނު ބަޔާން މެޗު ކާމިޔާބު ކުރީ 6-2 ންނެވެ. ބަޔާންގެ ހަ ލަނޑުގެ ތެރެއިން ދެ ލަނޑު ކާމިޔާބު ކުރީ ރޮބަޓް ލެވަންޑޮސްކީ އެވެ. މެޗުގައި ފުރަތަމަ ލީޑް ނެގީ ސަލްޒްބާގުންނެވެ. އެ ޓީމުގެ ލަނޑު މެރިގިމް ބެރިޝާ ކާމިޔާބު ކުރީ މެޗު ފެށިގެން ހަތަރު ވަނަ މިނެޓްގަ އެވެ. ބާޔާން މެޗުގެ ނަތީޖާ ލެވަންޑޮސްކީ ހަމަހަމަ ކޮށްދިނީ ލިބުނު ޕެނަލްޓީއެއްގަ އެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ބަޔާންއިން ލިޑް ނެގި އެވެ. އެ ޓީމުގެ ލަނޑަކީ ސަލްސްބާގްގެ ރަސްމުސް ކްރިސްޓެންސަން އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.

ދެ ވަނަ ހާފުގައި މަސްޔާ އަކުގާވާ ވަނީ ސްލޒްބާގްއަށް ނަތީޖާ އެއްވަރު ކޯށްދީފަ އެވެ. މެޗުގެ އެންމެ ފަހު 15 މިނެޓްގައި ބަޔާންގެ އަނެއް ހަތަރު ލަނޑު ކާމިޔާބު ކުރީ ޖްރާމް ބޯޓެން. ލިރޮއީ ސަނޭ، ލެވަންޑޮސްކީ އަދި ލޫކަސް ހެނާންޑޭޒް އެވެ.

އިޓަލީގެ އެޓަލާންޓާ އާ ދެކޮޅަށް ކުޅުނު މެޗު ލިވަޕޫލް ކާމިޔާބު ކުރީ 5-0 ންނެވެ. ލިވަޕޫލްގެ ޑިއޭގޯ ޖޯޓާ ވަނީ މެޗުގައި ހެޓްރިކް ހަދާފަ އެވެ. ލިވަޕޫލްގެ އަނެއް ދެ ލަނޑު ކާމިޔާބު ކުރީ މުހައްމަދު ސަލާހް އާއި ސެޑިއޯ މާނޭ އެވެ.