ހަބަރު

ސެކިއުރިޓީ ގާޑަށް ލިޔުން ދީފި

ރޫޓުގެ ގިނަ އަދަދެއްގެ ފައިސާތަކެއް ސިލޯނު ބޭންކަށް ޖަމާ ކުރަން ގެންދިޔަ މަގުމަތިން ފޭރެން އުޅެނިކޮށް އެކަން ހުއްޓުވި، ސެކިއުރިޓީ ގާޑު، އަޙްމަދު ހަސަން މަނިކުގެ އަގު ވަޒަންކޮށް ފުލުހުން ހަނދާނީ ލިޔުން (ފޮޓޯގައި) ދީފި އެވެ

ލިޔުން އޭނާއާ ހަވާލުކޮށްފައި ވަނީ އީއްޔެ އިސްކަންދަރު ބިލްޑިންގުގަ އެވެ.

އޭނާއަކީ އެބްސޮލިއުޓް ސެކިއުރިޓީ އެންޑް އެޑްވާންސް ޕްރޮޓެކްޝަން ޕްރައިވެޓް ލިމިޓެޑް ސެކިއުރިޓީއެކެވެ.
އޭނާ އަށް ލިޔުން ދިން އިރު އެބްސޮލިއުޓް ސެކިއުރިޓީގެ އިސްވެރިންނާއި ރޫޓްގެ ފަރާތުން ބައިވެރިވި އެވެ.

ފުލުހުން އަހުމަދު ހަސަން މަނިކަށް ލިޔުމެއް ދިން އިރު އޭނާގެ ހިތްވަރު ފާހަގަކޮށް ރޫޓުން ވަނީ 50،000 ރ. ދީފަ އެވެ.