ދުންފަތުގެ އިސްތިއުމާލް

ދުންފަތުގެ އިސްތިއުމާލު މަނާކުރާ މަޝްވަރާތައް ބާއްވައިފި

Nov 8, 2020
3

އާންމު ތަންތަނުގައި ދުންފަތުގެ އިސްތިއުމާލު ކުރުން ފިޔަވަހިތަކަށް ބަހާލައިގެން މަނާ ކުރަން އެކުލަވައިލި ޕްލޭންގެ މަސައްކަތްތައް ކުރިއަށްދާ ގޮތް ނައިބު ރައީސް ފައިސަލް ނަސީމް ސާފު ކުރައްވައިފި އެވެ.

ރައީސް އޮފީހުން ބުނީ މިއަދު އެ އޮފީހުގައި ބޭއްވި ބަދަލުވުމެއްގައި އެ ޕްލޭންގެ މަސައްކަތްތަކުގެ މައުލޫމާތު ހިމެނޭ ޕްރެޒެންޓޭޝަންއެއް ހެލްތު ކޮމިޓީން ހުށަހެޅި ކަމަށެވެ. އަދި ދުންފަތުގެ އިސްތިއުމާލު ކުރުން މަނާ ކުރުމާއި، އެކަމާ ގުޅޭ ގާނޫނާއި ގަވާއިދުތަކަށް ގެންނަން ފެންނަ ބަދަލުތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރި އެވެ.

މީގެ އިތުރުން، ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓާލަން ބާރުއެޅުމާއި، ދުންފަތުގެ ސަބަބުން ކުރިމަތިވާ ސިއްހީ ނުރައްކާތަކާ މެދު ހޭލުންތެރިކަން އިތުރުކުރަން ކެމްޕޭނެއް ހިންގުމާ ގުޅޭގޮތުން ވެސް މަޝްވަރާކުރި އެވެ.

ޕްލޭންގެ ދަށުން މި ވަގުތު ފެށެންހުރި ކަންކަން ބައްލަވައި، އެ ކަންކަން ވީހާ އަވަހަށް ފަށަން ހެލްތު ކޮމިޓީގެ މެންބަރުންނަށް ނައިބު ރައީސް އިރުޝާދު ދެއްވި އެވެ.