ހަބަރު

ހަ މިލިއަން ރުފިޔާ ހޯދަން ގާސިމް ގޮވައިގެން ޖާބިރު ކޯޓަށް

Nov 10, 2020
4

ފަހުން ދޭނެކަމަށް ބުނެ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް، ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރުގެ އަތުން ހަ މިލިއަނަށް ވުރެ ގިނަ ރުފިޔާ ހޯދަން ކޯޓަށް މައްސަލައެއް ހުށަހަޅުއްވައިފި އެވެ.

ސިވިލް ކޯޓަށް ޖާބިރު ހުށަހެޅުއްވި މައްސަލާގައި ބުނެފައިފަނީ، ފަހުން ދޭނެ ކަމަށް ބުނެ އެއް މިލިއަން އެމެރިކާ ޑޮލަރު ގާސިމް ނެންގެވުމަށްފަހު، އެ އަދަދަށްވާ ޗެކެއް ދެއްވާފައިވާއިރު، އެ ފައިސާ ދިވެހި ރުފިޔާ އަދާކުރުމަށްޓަކައި 15.42 ރުފިޔާގެ ރޭޓުން 65،000 އެމެރިކާ ޑޮލަރު (އެއް މިލިއަން ދެ ހާސް ތިން ސަތޭކަ ރުފިޔާ) އަނބުރާ ނުދެއްވާ ހިފަހައްޓާފައިވާ ކަމަށެވެ.

މީގެ އިތުރުން، މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މެދުވެރި ކުރައްވައި، ޑީއާރުޕީގެ ލީޑަރުކަންވެސް ކުރައްވައި ޖާބިރުގެ އަތުން ގާސިމް ނަގާފައިވާ ފަސް މިލިއަން ދިވެހި ރުފިޔާގެ އެއްވެސް މިންވަރެއް އަދި މިހާތަނަށް ލިބިފައިނުވާކަމަށް އެ މައްސަލާގައި ބުނެފައިވެ އެވެ.

އެހެންކަމުން، ޖާބިރުގެ އަތުން ރައްޔިތުންގެ މަޖިލީހުގެ މާމިގިލި ދާއިރާގެ މެންބަރުކަންވެސް ކުރައްވައި ގާސިމް ނަންގަވާފައިވާ ޖުމްލަ ފަސް މިލިއަން ދެ ހާސް ތިން ސަތޭކަ ރުފިޔާ ހޯދައި ދިނުމަށް، ޖާބިރު ވަނީ ސިވިލް ކޯޓުގައި އެދިފައި އެވެ.

އެކަން ސާބިތުކޮށްދޭން، ދެ ހެކިވެރިއެއްގެ އިތުރުން، ގާސިމް ދެއްވި އެއް މިލިއަން ޑޮލަރުގެ ޗެކު ވެސް ޑީއާރުޕީން ވަނީ އާއްމުކޮށްފައި އެވެ.

ނިމިދިޔަ ރިޔާސީ އިންތިހާބުގެ ތެރޭގައި އަނބުރާ ދައްކަވާ ގޮތަށް އޭނާގެ އަތުން ރައީސް މައުމޫން އަބްދުލްގައްޔޫމްވެސް 29 މިލިއަން ރުފިޔާ ނަންގަވައި އެ ފައިސާ ފަހުން ނުދައްކަވާ ކަމަށް ޖާބިރު ގެންދަވަނީ ތަކުރާރުކޮށް ތުހުމަތު ކުރައްވަމުންނެވެ.

އެ ފައިސާ އަނބުރާ ހޯއްދަވަން މިދިއަ އަހަރު ފަހުކޮޅު ޖާބިރު ވަނީ ސިވިލް ކޯޓަށް އެ މައްސަލަވެސް ހުށަހަޅުއްވާފައި އެވެ.

Jumhooree Partyge Leader Hon
@qasimibrahim
#DRP Leader Hon
@chairmanjabir
athun anburaa dhevvaanekamah vidhaalhuve nengevi faisaa nudhekkumun efaisaa hoadhumah Civil Court ah massala husha alhuvvaifi