އަބްދުﷲ ޖާބިރު

އަޑުގަދަ ކުރީ ރައްޔިތުން އެދޭ ގޮތަށް ވެރިކަން ނުކުރާތީ: ޖާބިރު

ޖާބިރު މަޖިލީހަށް މިއަދު ވަޑައިގަންނަވަނީ: އޭނާ ވަނީ މިއަދު މަޖިލީހުގެ ތަޅުމުގައި އިހުތިޖާޖެއް ކުރައްވާފައި -- އަހުމަދު އަޝްހާދު (ޖެރީ) | އަވަސް
40%
0%
60%

މި އަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވައި ދެއްވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރިޔާސީ ބަޔާން ދެއްވި ޖަލްސާގައި އަޑު ގަދަ ކުރެއްވުމާއެކު މިއަދު އިހުތިޖާޖެއް ކުރެއްވީ ދިވެހި ރައްޔިތުން ބޭނުންވާ ގޮތަށް ރައީސް ސޯލިހު ވެރިކަން ނުކުރައްވާތީ އެކަން ފާޅު ކުރެއްވުމުގެ ގޮތުން ކަމަށް މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެ އެވެ.

މިއަދު ޖަލްސާ ފެއްޓެވުމުގެ ގޮތުން ރިޔާސަތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވާހަކަފުޅު ދައްކަވަމުން ގެންދެވި އިރު ވެސް ޖާބިރު ގެންދެވީ މަޖިލީހުގެ ތަޅުމުގައި އަޑުދަ ކުރައްވަމުންނެވެ. އަދި ފަހުން ރައީސް ސޯލިހު ރިޔާސީ ބަޔާނުގެ ބޮޑު ބައެއް ފުރިހަމަ ކުރެއްވި އިރު ވެސް އެ އިހުތިޖާޖު އޭނާ ކުރިޔަށް ގެންދެވި އެވެ. -- މިއަދު އިދިކޮޅު ކޮންގްރެސް ޕާޓީ އާއި ޕީޕީއެމްގެ މެންބަރުން ވެސް އިދިކޮޅު ލީޑަރު، ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރަން ގޮވާލާ އިހްތިޖާޖެއް ކުރި އެވެ. އެކަމަކު އިދިކޮޅުގެ ޝުއޫރުތައް އޮތީ ތަޅުމުންގެ ބޭރުގަ އެވެ.

މިހާރު ޑީއާރްޕީގެ ލީޑަރުކަން ކުރައްވާ ޖާބިރަކީ އަމިއްލަ ގޮތުން މަޖިލީހަށް ވާދަ ކުރައްވައި މަޖިލީހަށް ހޮވިވަޑައިގަތް ބޭފުޅެއްކަން ފާހަގަ ކުރައްވައި އޭނާ ވިދާޅުވީ އެ މަޖިލީހުގެ އެހެން މެމްބަރުން ފަދައިން އޭނާ ރައީސް ސޯލިހަށް ސަނާ ވިދާޅުވާން ޖެހިވަޑައި ނުގަންނަވާ ކަމަ ށެވެ.

"އަޅުގަނޑު މަޖިލީހަށް ހޮވީ މިނިވަން މެމްބަރެއްގެ ގޮތުގައި ރައްޔިތުންގެ އަޑު އިއްވަން. އެގޮތުގައި ސާބިތުވެ އަޅުގަނޑު މިހުރީ. ރައީސް [ސޯލިހު] އެހުންނެވީ ރައްޔިތުންގެ ފައިސާ ނަންގަވައިގެން ރައްޔިތުންނަށް ހަރާންކޯރުވެފައި" މަޖިލީހުގެ ޖަލްސާއަށް ފަހު ޖާބިރުގެ އިހުތިޖާޖާ ބެހޭ ގޮތުން އަވަސް އިން ސުވާލެއް ކުރުމުން ޖާބިރު ވިދާޅުވި އެވެ.

މި ސަރުކާރު ފެށި އިރު ރައީސް ސޯލިހުގެ ސުޕެޝަލް އެންވޯއީއަކަށް ހުންނެވި ޖާބިރު މިއަދު ވަނީ ރާއްޖެ އިންޑިއާއަށް ވިއްކާލަން ރައީސް ސޯލިހް މަސައްކަތް ކުރައްވާ ކަމަށް ތުހުމަތު ކުރައްވާފަ އެވެ. މީގެ ކުރިން ވެސް އެ މޭރުމުން ޖާބިރު ވާހަކަފުޅު ދައްކަވާފައި ވެއެވެ. އެފަދަ އެއް ވާހަކައެއްގައި އިންޑިއާގެ ރަށެއް، އެކަމަކު ދިވެ ބަހުން ވާހަކަ ދައްކާ އުޅޭ އާބާދީއެއް އޮންނަ މަލިކަކީ އިންޑިއާއިން "ދަމައިގެންފައިވާ" ރާއްޖޭގެ ރަށެއް ކަމަށާއި އަނބުރާ މަލިކު ރާއްޖެއަށް ހޯދަން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ.

އިންޑިއާގެ މިހާރުގެ ސަރުކާރާ ވަރަށް ގާތް ގުޅުމެއް އޮންނަ މިހާރުގެ ދިވެހި ސަރުކާރުން އޭރު ބުނީ އެއީ ޖާބިރު ގެންގުޅުއްވާ އޭނާގެ އަމިއްލަފުޅު ހިޔާލެއް ކަމަށާއި ދިވެހި ރާއްޖެ އެކަމުން ބަރީއަވާ ކަމަށެވެ.

10 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ހާލިދާ

ޖާބިރު މިއަދު ކޮންކޮޅަކުން އިރުއެރި ދުވަހެއް

މުބީނު މާރނީ

އިބޫ ކުރަނީ ވަގަށް. ޖާބިރު ކުރަނީ ހާމައަށް ފެންނަގޮތަށް. ނަޝީދު ނުދިންނަމަ އިބޫ އަށް ވެރިކަން ހުވަފެނުން ވެސް ނުފެނުނީސް. އިބޫ އަށް ޔޫ.އެން ގައިވެސް ތަޤްރީރު ދެވުނީ ކޮށަކޮށައިގެން ކުކުޅު ރޯމަސް ކާގޮތަށް. ލަދުގަނޭ އަހަރެން. ފެންވަރެއް ނެތް. އެކަމު އިބޫ ބުނަނީ ފައްޔާޒު ދިފާޢު ކުރާނަމޭ. ނަޝީދު ބުނަނީ ފައްޔާޒު އަކީ ވަގެކޭ. މިހިރީ އިބޫ ގެ ވަބާ ހުރިވަރު. ޖާބިރު ކުރިވަރަށް %20 ދެވެނީ. މިއައްވުރެ ބޮޑުވަރު އިބޫ އަށް ކުރަން ޙައްޤު. ބޮޑުވަރު ކުރި ނަމަ %100 ދިނީމުސް. ޖާބިރު މިފަހަރު ކުރިވަރަށް ވުރެ ބޮޑުވަރު އިބޫ އަށް މާބޮޑަށް ވެސް ޙައްޤު.

ނަސިދު

ނަސީދު އަޑީގައި ހުރެގެން ގަސްތުގައި ކުޅުނު ކުޅިގަނޑެއް ސޯލިހުވެރިކަންކުރާލެއް ތަންކޮޅެއް ސަޅިވީމާ ނަސީދު އައް ހަޖަމުނުކުރެވެނީ

ފަރުޒު

ނިކަންބައްލަވާ ޖާބިރު އެވަރަށް އަޑުގަދަކޮށް އަވަގުރާނަ ގޮވީއިރުވެސް އޭނަ ނުނެރުނު މީގެންވެސް ވިސްނޭބަޔަކަށް އިބުރަތެއް ލިބޭނެ. ސީދާ ކޮންމެވެސް މީހެއްގެ އެއްބާރުލުން މިކަމުގައި ވާނެ.

ހާމިދު ޝާހިދު

ޖާބިރު ތިޔަ ދެއްކެވި ހިތްވަރަށް ފައްފަށުން ޝުކުރިއްޔާ! . އަދި ބޮޑުތަނުން މި ނުލަފާ ސަރުކާރު ސޯޓުބޭލި ފެއިލް ވެގެން ދާނެ. އީންޝާ ﷲ !

ޢާޤީ

ބަލާބަ ހުރިލެއް ލޯބިކަން..ހަމަ ބައްދާލާ ކަހަލަ

ހަމްނާ

ޗާންސެއް ލިބިއްޖެ ނަމަ މަ ގެންދާތި ❤

އިނާާޒާ

މީނަމީ މޮޑެލް ކުރަން އުޅޭ ސޮރެއްތަ

ކާށި

ކާށިދޫ ރައެްޔިތުންނަށް ހަމަ ސާބަސް

ކަޅޭ

އެންމހުތުރުކަންބޮޑުއަޑަކީ ހިާރުގެ އަޑެވެ. އަބްދުﷲ ޖާބިރު އަކީ އެއަށްވުރެ ހުރުއަޑެއްގެ ވެރި އެކެވެ.

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345