ވެއްޓުމުން ތެދުވެ އަލުން ދުއްވައިގަންނަ ވާހަކަ ދެއްކުން އެމްޑީޕީގެ ލީޑަރުން ހުއްޓާލަން ވެއްޖެ ކަމަށާއި އެމްޑީޕީގެ ލީޑަރުން މިހާރު ހޯދަން ޖެހޭ ފޯމިއުލާއަކީ ސިޔާސީ ޓްރެކްގައި ނުވެއްޓި ދުވޭނެ ގޮތެއް ކަމަށް އެމްޑީޕީގެ ލީޑަޝިޕާ ކައިރި ގުޅުމެއް އޮންނަ ވިޔަފާރިވެރިޔާ އަދި ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެ އެވެ.
ސްރީލަންކާގެ ވެރިރަށް ކޮލަމްބޯގައި ހުންނަވާ އަވަސްގެ އިދާރާއަށް އަމިއްލަފުޅަށް ގުޅުއްވައިގެން ޖާބިރު ރޭ މެންދަމު ވިދާޅުވީ އެހައި ދަންކޮށް ވެސް ގުޅުއްވީ ސިޔާސީ ގޮތުން އަންނާން އޮތް ވަގުތުކޮޅެއްގެ ނުރައްކާތެރި ކަމުން އަވަހާރަފުޅު ލައްޕަވާން ނޯވެވިގެން ސުވާލެއް ކޮށްލަން ބޭނުންފުޅު ވާތީ ކަމަށެވެ. އެ ސުވާލަކީ ބޮޑު ބިޔަ އެމްޑީޕީއަށް ސަރުކާރު އޮވެފައި، މަޖިލީހާއި ޖުޑިޝަރީ ހިތަކަށް ލިބި އޮވެފައިމެ، އިދިކޮޅަށް މަސަކަތް ކުރާން ހިނގައިދާނެ ހަތަރު ލީޑަރަކާއި ހަތަރު ޕާޓީއެއްގެ ހެޔޮ އެދުން ވެސް އޮތް އިރު ކައުންސިލް އިންތިހާބެއްގައި ރުއްދަށުވެ ބަލިވީ ކީއްވެގެންތޯ އެވެ؟
ޖާބިރު އަދި ވިދާޅުވީ އޭނާ ފޯނު ކުރެއްވީ އެ ސުވާލުގެ ޖަވާބާ ވެސް އެކުގައި ކަމަށާއި އޭނާ އެ ޖަވާބު ނުދެއްވާ ހުއްޓާ ރާއްޖޭގެ ސިޔާސީ މައިދާނަށް އަންނަން ކައިރިވާ، ވަރަށް އާދަޔާހިލާފު ވަގުތުކޮޅެއްގެ ކުރީން ދުރާލާ އެ ޖަވާބު ދެއްވަނީ ކަމަށެވެ.
"އެމްޑީޕީގެ ލީޑަޝިޕަށް ދަސްވެފައި އޮންނަނީ ވެއްޓުނީމާ ތެދުވެ ހިރަފުސް ފޮޅާފައި ދުއްވައިގަންނަން. އެއީ ދެން އެމްޑީޕީގެ ލީޑަރަކު ވިދާޅު ވެގެން ދަސްވެފައި އޮންނަ ފާޑެއްގެ ކަމެއް. އެކަމަކު އެއީ މާކުރީގެ ޒަމާނެއްގައި ހިނގާފާނެ ފޯމިއުލާއެއް... މިހާރަކީ ސިޔާސީ ސައިންސްގެ އާ ޒަމާނެއް، މިއަކީ އިލޯން މަސްކްގެ ކްރިއޭޓިވިޓީގެ ޒަމާން!" ޖާބިރު ވިދާޅުވި އެވެ.
"މި ޒަމާނުގައި ޖެހޭނީ ވެއްޓޭ ވާހަކަ ހުއްޓާލާފައި ނުވެއްޓޭނެ ގޮތަކަށް ޓްރެކް މަތީގައި ދުވަން ދަސް ކުރަން. ދެވަނަ ފަހަރަށް ހުރިހާ ބާރަކާއިއެކު އެމްޑީޕީއަށް ވެރިކަން ލިބުމުގެ އިތުރުން އިދިކޮޅު ހަތަރު ޕާޓީއަކާއި ހަތަރު ލީޑަރަކު ލިބުނީމާ ވެސް އެމްޑީޕީއަކަށް ނުހޯދުނު ނުވެއްޓޭ ފޯމިއުލާއެއް. ހަމަ ޕީޕީއެމްގެ ރުއްދަށު ވަނީ... މި ކީއްކުރާ ބައެއް؟" ޖާބިރު ވިދާޅުވި އެވެ.
"މި ޒަމާނުގައި ޖެހޭނީ ވެއްޓޭ ވާހަކަ ހުއްޓާލާފައި ނުވެއްޓޭނެ ގޮތަކަށް ޓްރެކް މަތީގައި ދުވަން ދަސްކުރަން. ދެވަނަ ފަހަރަށް ހުރިހާ ބާރަކާއިއެކު އެމްޑީޕީއަށް ވެރިކަން ލިބުމުގެ އިތުރުން އިދިކޮޅު ހަތަރު ޕާޓީއަކާއި ހަތަރު ލީޑަރަކު ލިބުނީމާ ވެސް އެމްޑީޕީއަކަށް ނުހޯދުނު ނުވެއްޓޭ ފޯމިއުލާއެއް. ހަމަ ޕީޕީއެމްގެ ރުއްދަށު ވަނީ... މި ކީއްކުރާ ބައެއް؟" ޖާބިރު ވިދާޅުވި އެވެ.އަބްދުﷲ ޖާބިރު | މަޖިލިސް މެންބަރު
ޖާބިރު ވިދާޅުވީ ސިޔާސީ މައިދާނުގައި ނުވެއްޓޭ ފޯމިއުލާ އެމްޑީޕީއަށް ނުހޯދެނީ ވެރިކަމާއި ބާރު ލިބުމުން ދެން ތިބިހާ އެންމެންގެ ގައިގައި "ކޮޅުފައިން ޖަހާ" ތީ ކަމަށެވެ.
"އޭގެ އެއް މިސާލަކީ އަޅުގަނޑާއި މެޑަމް ދިޔާނާ... އެމްޑީޕީއަށް ލިބިގެން މިއުޅޭ ކާމިޔާބު ހޯދުމުގައި އަޅުގަނޑުމެން ދެމަފިރިން މީ ޖާނާމާލާއި ފައިސާއިން ގްރުބާންވި ދެމަފިރިން. އެކަމަކު ބައްލަވާ އަޅުގަނޑު ނަގައި ހޫރާލީ، އަޅުގަނޑު އަންހެންނުން އެއް ފަރާތަށް އެއްލައިލީ ވަޒީރު ކަމަށް ވަޑައިގަތުމަށް ކޯޓު ތުރުކުރައްވައިގެން ހުންނަވަނިކޮށް. އެހެން ހެއްދެވީމާ އަޅުގަނޑުމެނަށް ތަދުވޭ... އެހެންވީމާ އެހެން އާދަައިގެ ރައްޔިތަކަށް އަދި ކިހާ ތަދެއް ވާނެތޯ އެގޮތަށް އަތް ދަމާފައި ޖެހުމުން،"
ޖާބިރު ވިދާޅުވީ މާލެ، އެމްޑީޕީގެ އަތުން ބީވެގެން ދިއުމާއި ހުވަދު އަތޮޅާއި އައްްޑޫން ބާރު ކެނޑިގެން ދިއުމަކީ އާދައިގެ ކަމެއް ނޫން ކަމަށާއި އެފަދަ ވެއްޓުމަކީ ވެއްޔާއި ހިރަފުސް ފޮޅާފައި ދުއްވައި ގަނެވޭ ވަރަށް ވުރެ ބޮޑު އަނިޔާއަކަށް އެެމްޑީޕީއަށް ވާނެ ކަމަަށެވެ.
"މިއޮއް ފެށުނީ ރޯދަ މަސް އަޅުގަނޑު އެދެނީ އެމްޑީޕީ އާއި ލީޑަޝިޕް ވާހަކަ ހުއްޓާފައި އިސްލާހު ވާން... އަޅުގަނޑު ހެޔޮ އެދޭ ބޭފުުޅެއް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަކީ ވެސް އަޅުގަނޑު ހެޔޮ އެދެން ރައީސް ނަޝީދަށް ވެސް. އަޅުގަނޑު އުންމީދު ކުރަނީ އެމްޑީޕީއަށް އެއްޗެއް ވިސްނޭނެ ކަމަށް އަދި އެމްޑީޕީ މިހާރު ގަބޫލު ކުރާނެ ކަމަށް ރައްޔިތުންގެ ވިންދު ދަންނަން ވެއްޖެ ކަމަށް. މީހުން ގައިގައި ކޮޅުފައިން ޖަހައިގެން ނުވާނެ ކަމަށް... މިހާރު މިހަދާ ގޮތަކީ އެ ހެޔޮ ކިތަންމެ ބޮޑު ހިދުމަތެއް ކޮށްދެއްވި ރައީސަކަށް ވިޔަސް ކޮޅުފައިން ޖަހާފައި އެއްލައިލަނީ. މީހަކަށް މުހާތަބު ނިސްބަތް ކުރާކަށް ވެސް ނޯވޭ ވަކި ނަމެއް ގޮތެއް ވެސް، ދެން އެއްވެސް ކާޓެސީއެއް ވެސް ނެތް"