ހަބަރު

ޕްލޭނެއް ނެތްކަމަށް ބުނެ އަސްލަމަށް ގިނަ ސުވާލުތަކެއް

ހައުސިން އަދި ޕްލޭނިންގް މިނިސްޓަރު މުހައްމަދު އަސްލަމް މީގެ ކުރިން މަޖިލީހަށް މައުލޫމާތު ދެއްވަނީ. -- ފޮޓޯ މަޖިލީހުގެ އިދާރާ
50%
50%
0%

މާލޭ ސަރަހައްދުގެ އިތުރުން ރަށްރަށުގައި ވެސް ތަރައްގީގެ އެއްވެސް ޕްލޭނެއްނެތް ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއެއްގައި ހައުސިން އަދި ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމަށް ފާޑުކިއުން އަމާޒުވެއްޖެ އެވެ.

އަންނަ އަހަރަށް ސަރުކާރުން މަޖިލީހަށް ހުށަހަޅާފައިވާ ދައުލަތު ބަޖެޓު ދިރާސާކުރަމުންދާ މަޖިލީހުގެ ބަޖެޓު ކޮމިޓީއަށް މިއަދު ވަނީ އަސްލަމްގެ އިތުރުން، ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރާއި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ހާޒިރުކޮށްފަ އެވެ.

ބަޖެޓާ ގުޅޭގޮތުން މައުލޫމާތު ސާފުކުރަން މެންބަރުންނަށް ލިބުނު ފުރުސަތުގައި މި އަހަރުގެ ބަޖެޓުގައި ހިމަނާފައިވާ ތިލަމާލެ ބުރިޖުގެ މަޝްރޫއާ ގުޅޭގޮތުން މާފަންނު މެދު އިބްރާހިމް ރަޝީދު (ބޮންޑޭ) ވަނީ ސުވާލު އުފައްދަވައިފަ އެވެ.

މާލެ އާއި ވިލިނގިއްޔާއި ގުޅީފަޅު އަދި ތިލަފުށި ގުޅާލާ ބްރިޖުގެ މަސައްކަތަށް މިއަހަރު ވަނީ 469 މިލިއަން ރުފިޔާ ހިމަނައިފަ އެވެ.

އެކަމަށް އިޝާރާތް ކުރައްވައި، ބޮންޑޭ ވިދާޅުވީ އަނެއްކާވެސް މާލެ ސަރަހައްދުގައި ބުރިޖަކަށް އެތައް މިލިއަން ރުފިޔާއެއް ހަރަދުކުރަން ނިންމާފައިވާއިރު، މީހުން ދިރިއުޅޭ ސަރަހައްދުތަކާއި ސިނާއީ ސަރަހައްދުތައް ކަނޑައަޅައި، އެއްވެސް ޕްލޭނެއް ދެއްކިފައި ނުވާ ކަމަށެވެ.

"އެހެން ގައުމުތަކުގައި ވެސް ޕްލޭނެއް ކުރަހާފައި ދައްކާނީ. 2024 ވަނަ އަހަރު ބުރިޖުގެ މަޝްރޫގެ މަސައްކަތް ނިމޭކަމަށް ބުނާއިރު ކޮބާހޭ ތަސައްވަރަކީ، ޕްލޭނަކީ؟" ބޮންޑޭ ސުވާލު ކުރެއްވި އެވެ.

ބޮންޑޭގެ އިތުރުން ވިލުފުށި ދާއިރާގެ މެންބަރު ހަސަން އަފީފް ވެސް ވަނީ އަތޮޅު ތެރޭގައި އިގުތިސޯދީ ހަރަކާތްތައް ކުރިއަރުވަން ސަރުކާރުން ގެންގުޅޭ ޕްލޭނާ ގުޅޭގޮތުން ސުވާލު ކުރައްވައިފަ އެވެ.

މިއަދު ބޭއްވުނު ބަޖެޓު ދިރާސާ ކުރާ ކޮމިޓީއަށް ތިން ވަޒީރަކު ވަނީ މައުލޫމާތު ހިއްސާކޮށްފައި. -- ފޮޓޯ: މަޖިލިސް

ސަރުކާރުގެ ތަރައްގީގެ ޕްލޭނާ ގުޅޭގޮތުން ކަންބޮޑުވުން ފާޅު ކުރައްވައި، ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވެސް ވަނީ އެ ފަދަ ޕްލޭންތައް ހެދުމުގައި ރައްޔިތުންނާއި މަޖިލީހުގެ މެންބަރުންގެ ހިޔަލާއި ވިސްނުން ކިހާ މިންވަރަކަށް ހޯދާ ތޯ ސާފު ކުރަން ބޭނުންވާ ކަމަށް ވިދާޅުވެފަ އެވެ.

އެ ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު އަސްލަމް ވިދާޅުވީ މާލޭ ސަރަހައްދުގައި ތިލަމާލެ ބުރިޖާއެކީ ގުޅިފަޅުގެ ލޭންޑް ޔޫސް ޕްލޭނާއެކު ވަރަށް ތަފްސީލުކޮށް ސާވޭތައް ކުރެވިގެން ޑިޒައިން ކުރެވިފައިވާ ކަމަށެވެ.

އަދި ތިލަމާލެ ބުރިޖުވެސް ޑިޒައިން ކުރެވިގެން، މިހާރު އޮތީ އިންޑިއާގެ ޕްރީ ކޮލިފިކޭޝަން މަރުހަލާގައި ކަން ވެސް އަސްލަމް ފާހަގަކުރެއްވި އެވެ. އަދި ހުރިހާ މަސައްކަތްތަކެއް ހިއްސާ ކުރެވޭ ކަމަށާއި، ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯދާ ކަމަށެވެ.

"ގުޅިފަޅުގެ ލޭންޑް ޔޫސް ޕްލޭނެއް އެބައޮތް. އެތަނުގައި ޕޯޓު ހުންނާނެ ސަރަހައްދު، ގުދަންތައް މީހުން ދިރިއުޅޭ ސަރަހައްދުތައް ހުންނާނެ ޕްލޭނަށް ކަރުދާހަށް ތިރިކުރެވިފައި،" ޕްލޭނެއް ނެތްކަމަށް މެންބަރުން ވިދާޅުވަމުން ގެންދަވާތީ އެކަމާ ކަންބޮޑުވުންފާޅު ކުރައްވަމުން އަސްލަމް ވިދާޅުވި އެވެ.

އަދި އެ ޕްލޭނުތައް ހެދުމުގައި ރައްޔިތުންގެ ހިޔާލު ފުޅާ ދާއިރާއެއްގައި ހޯދޭ ކަމަށާއި، އަތޮޅު ތެރޭގެ ތަރައްގީއަށް ސަރުކާރުގެ ތަސައްވަރާއި ޕްލޭނުތައް މީގެ ކުރިން ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީގެ ތިން ފޯރަމެއްގައި ހިއްސާކުރައްވާފައިވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

2 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ކުކުޅު

މާލޭގެ ޕްލޭންތަކާއި އަތޮޅުތެރޭ ޕްލޭންތައް ގެންގުޅޭ ބަޔަކު ވެރިކަމުންބާލަން ރަށްރަށު ރައްޔިތުން ނިކުންނަންޖެހޭ. މާލެއާއި އަތޮޅުތެރެ ސަގާފަތް ހުއްޓުވަންޖެހޭ. އޮންނަންޖެހޭނީ މާލޭގެ ޕްލޭނާއި ތިނަދޫގެ ޕްލޭނާއި ނައިފަރުގެ ޕްލޭން.... އަތޮޅުތެރޭ ޕްލޭނެއް ބޭނުމެއްނޫން.

ޒޭމަ

ތި ތަނެއް ދޮރެއް އެނގޭ އަސްލަމެއް ނޫން ފޯން ބިލުންވެސް ނެގީ ފައިސާ

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345