ހަބަރު

ލޮނުޒިޔާރަތް ޕާކް ހުޅުވައިފި

Nov 11, 2020
1

މާލޭގެ ލޮނުޒިޔާރަތްކޮޅުގެ އަޑި ޕާކްގައި ތަރައްގީ ކޮށްފައިވާ "ލޮނުޒިޔާރަތް ޕާކު" ރަސްމީކޮށް ހުޅުވައިފި އެވެ.

ދޮޅު އަހަރެއްހާ ދުވަހުގެ މަސައްކަތަށްފަހު އެ ޕާކް ހުޅުވާފައިވަނީ 52 ވަނަ ޖުމްހޫރީ ދުވަހާއި ދިމާކޮށެވެ. މިއަދު އެ ޕާކް ހުޅުއްވައިދެއްވީ ކުރީގެ ވަޒީރު އުމަރު ޒާހިރެވެ. މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްގެ ދެކަނބަލުން އަދި ނާއިބް ރައީސް ފައިސަލް ނަސީމް ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ވަޒީރުންނާއި ސިޓީ ކައުންސިލް މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

މާލެ ސިޓީގެ މޭޔަަރު ޝިފާ މުހައްމަދު ވިދާޅުވީ "ލޮނުޒިޔާރަތް ޕާކު" ހެދުމަށް ސަރުކާރުން 16.8 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށެވެ.

ސިނަމާލެ ބްރިޖް ކައިރިން، އޮންނަ މި ޕާކު ހެދުމުގެ މަސައްކަތް ފަށާފައި ވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ. ޕާކްގައި ޕޮންޑަކާއި، ޕޮންޑް ހުރަސް ކުރެވޭ ގޮތަށް ކުޑަ ބްރިޖަކާއި، އުސްފަސްގަނޑެއް ހިމެނޭ އިރު 300 އަށްވުރެ ގިނަ ބެންޗާއި، ކަސްރަތަށް ދުވާ ލޭނެއްގެ އިތުރުން ބައިސްކަލު ދުއްވާ ލޭނެއް ވެސް ހިމެނެެ އެވެ. އަދި މިއީ ވަރަށް ގިނަ އަދަދެއްގެ މާމެލާމެލި ހިމެނޭ ޕާކެކެވެ. މިއީ މި ފަހުން މާލެ ސިޓީގައި ހުޅުވުނު އެންމެ ހިތްގައިމު އެއް ޕާކެވެ.