މޯލްޑިވްސް ޕޮލިސް ސާވިސް

އައްޑޫގައި ފުލުހުން މީހަކަށް އަނިޔާކުރި މައްސަލައެއް

އައްޑޫ ސިޓީ ފޭދޫގައި ފުލުސް އޮފިސަރުންތަކެއް މީހަކަށް އަނިޔާކުރި ކަމަށް ބުނާ މައްސަލައެއް ބަލަން ފަށައިފި އެވެ.

ފުލުހުން ބުނީ ފުލުސް އޮފިސަރުންތަކެއް މީހަކަށް އަނިޔާކުރި ކަމަށް ބުނާ މައްސަލައެއް ފުލުހުންގެ ސަމާލު ކަމަށް އައިސްފައިވާ ކަމަށެވެ. އެކަމާއި ގުޅޭގޮތުން ބަލަންޖެހޭ ކަންކަން ބަލާނެ ކަމަށްވެސް ބުންޏެވެ. އަދި މިނިވަން މުއައްސަސާތަކުން ކުރިއަށް ގެންދާ އެ މައްސަލައިގެ ތަހުގީގަށް ފުލުހުން އެއްބާރުލުން ދޭނެ ކަމަށްވެސް ބުންޏެވެ.

ފުލުސް އޮފިސަރުންތަކެއް މީހަކަށް އަނިޔާކުރި ކަމަށް ބުނާ މައްސަލަ ބަލައިދިނުމަށް އެދި އެ މީހާގެ އާއިލާއިން ވަނީ މަޖިލީހުގެ ކަމާގުޅޭ ކޮމެޓީގައިވެސް އެދިފައެވެ. މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އެ އާއިލާއިން ފޮނުވާފައިވާ ސިޓީގައި ބުނެފައިވަނީ އެ ޒުވާނާ ހައްޔަރުކޮށްފައިވަނީ ފޭދޫ މަގެއްގެ މަތީގައި ހުުއްޓާ ކަމަށާ އޭނާ ބިޑިއަޅާ ގައިގައި ތަޅާ ޖިސްމާނީ އަނިޔާ ދީފައިވާ ކަމަށެވެ. އާއިލާއިން ވަނީ އެ ޒުވާނާއަށް ފުލުހުން ބިރު ދައްކާ ޓޯޗާ ކޮށްފައިވާ ކަމަަށްވެސް ތުހުމަތު ކޮށްފައެވެ.