ބޭރު ކުޅިވަރު

ބާސެލޯނާގެ އާކޮންޓްރެކްޓްގައި ސޮއިކުރާނަން: ނޭމާ

މެންޗެސްޓާ ޔުނައިޓެޑުން އޭނާ ގެންދަން ބޭނުންވި ނަމަވެސް ބާސެލޯނާއިން ހުށަހަޅާ އާ ކޮންޓްރެކްޓްގައި ސޮއިކުރާނެ ކަމަށް ބްރެޒިލްގެ ނޭމާ ބުނެފި އެވެ.

އުމުރުން 22 އަހަރުގެ ފޯވަޑް ބުނީ ބާސެލޯނާއާއެކު އޭނާ މިވަގުތު ހަދާފައިވާ ކޮންޓްރެކްޓްގައި ވެސް ބާކީ އަދި ގިނަ އަހަރުތަކެއް އެބައޮތް ކަމަށާއި މިހެންވެ ސަޕޯޓަރުން ނުތަނަވަސްވާންވީ ސަބަބެއްނެތް ކަމަށެވެ.

"އަހަރެންގެ ކޮންޓްރެކްޓްގައި ބާކީ ވަރަށް ގިނަ ދުވަސް އެބައޮތް. އަހަރެން އާ ކޮންޓްރެކްޓްގައި ހަމަޖެހިގެން ސޮއިކޮށްލާނަން. އެކަމާ އަވަސްއަރުވާކަން ނެތިން. ސަޕޯޓަރުން ވެސް ކަންބޮޑުވާނެ ކަމެއްނެތް،" ނޭމާ ބުންޏެވެ.

އާ ކޮންޓްރެކްޓާއެކު ނޭމާ ވެގެންދާނީ ލަޔޮނަލް މެސީ ނެގުމަށް ފަހު ބާސެލޯނާގެ އެންމެ މުސާރަބޮޑު ކުޅުންތެރިޔާ އަށެވެ. އޭނާ ވަނީ ރޭ ރާޔޯ ވަޔެކާނޯ އަތުން ބާސެލޯނާ 5-2އިން މޮޅުވި މެޗުގައި ހަތަރު ލަނޑު ޖަހައިފަ އެވެ.