އިންޑިޔާ ޕާކިސްތާނު ސަރަހައްދީ ރޮނގު ހުރަސްކޮށް ބަދަލުކުރި ހަމަލާތަކެއްގައި 15 މީހުން މަރުވެ ގިނަ ބަޔަކަށް އަނިޔާ ވެއްޖެ އެވެ.
ހަމަލާތަކުގައި މަރުވީ އާއްމުންގެ 10 މީހަކާއި ސިފައިންގެ ފަސް މީހެކެވެ. އިންޑިޔާއިން އާންމު ހަ މީހަކާއި ސިފައިންގެ ހަތަރު މީހަކު މަރުވި މީހުންގެ ތެރޭ ހިމެނެ އެވެ. ދެން ހިމެނެނީ ޕާކިސްތާނުން ފަޅީން މަރުވި މީހުނެވެ.
ޕާކިސްތާނުގެ އަސްކަރިއްޔާއިން ބުނާ ގޮތުން ހުކުރު ވިލޭރެ އާއި އިއްޔެ ސަރަހައްދު ހުރަސްކޮށް ރޮކެޓާއި ބޮޑު ބަޑީގެ ހަމަލާތައް ދޭން ފެށީ އިންޑިޔާއިންނެވެ. އަދި އެ ހަމަލާތަކުގައި އަންހެނުންނާ ކުޑަކުދިން ވެސް ޒަހަމްވެފައި ވެއެވެ. ހަމަލާތަކުގައި 30 އަށްވުރެ ގިނަ މީހުން ޒަހަމްވެފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
އިންޑިއާ އިން ބުނެފައި ވަނީ ޕާކިސްތާނުން ލައިން އޮފް ކޮންޓްރޯލް (އެލްއޯސީ) ހުރަސްކޮށް އެއްބަސްވުމާ ހިލާފަށް ހަމަ ދޭން ފެށީ ކަމަށާއި އެ ގޮތުން މޯޓަރު ބަޑިޔާ އެހެން ހަތިޔާރު ބޭނުންކޮށްގެ އާއްމުންނަށް އަމާޒުކޮށް ހަމަލާދީފައި ވަނީ އިންޑޔާއިން ހަމަ އެއްވެސް ކަމެއް ނުކޮށް އެއްބަސްވުމުގެ މަތީގައި ތިއްބާ ކަމަށެވެ.
މިއީ މިފަހަކަށް އައިސް އެންމެ އިންޑިއާ އާއި ޕާކިސްތާނާ ދެމެދު ބަދަލުކުރި އެންމެ ވަރުގަދަ ހަމަލާތަކެވެ.