ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ހަފުތާއަކަށް މެދުކަނޑާލައިފި އެވެ. ޖަލްސާތައް މެދުކަނޑާލި ސަބަބެއް މަޖިލީހުގެ އިދާރާކުން އަދި ނުބުނެ އެވެ.
މަޖިލީހުގެ ބައެއް މެންބަރުންގެ ފަރާތުން މައުލޫމާތު ލިބުނު ގޮތުގައި މަޖިލީހުގެ ޖަލްސާތައް މިވަގުތަށް މެދުކަނޑައިލީ ގިނަ މަސައްކަތްތައް ކޮމެޓީ މަރުހަލާގައި ހުރުމުންނާއި ތަޅުމުގައި ހުރި ކުރަން ހުރި މަސައްކަތް ނެތުމުން ކަމަށެވެ.
މަޖިލީހުގެ ޖަލްސާއެއް އެންމެ ފަހުން ބާއްވާފައި ވަނީ މިދިޔަ އަންގާރަ ދުވަހު އެވެ. އެ ދުވަހު ވެސް މަޖިލީހުގެ ޖަލްސާއެއް ދެން ބާއްވާނެ ދުވަސް އިއުލާންކޮށްފައެއް ނުވެ އެވެ.