ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ކޮވިޑް ޖެހިގެން 57 އަހަރުގެ ދިވެއްސެއް މަރުވެއްޖެ

ކޮވިޑް ޖެހިގެން 57 އަހަރުގެ ދިވެއްސެއް މަރުވެއްޖެ އެވެ. މިއަދުގެ މަރާއެކު ރާއްޖެއިން ކޮވިޑްގައި މަރުވި މީހުންގެ އަދަދު 42 އަކަށް އެރީއެވެ.

އެޗްޕީއޭއިން ދެންމެ ބުނީ މިއަދު މަރުވީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުންދިޔަ މީހެއް ކަމަށެވެ. 57 އަހަރުގެ އެ މީހާ މަރުވީ މިއަދު 2:24 ގައެވެ.

ކޮވިޑް ޖެހިގެން އެންމެ ފަހުން މީހަކު މަރުވީ މިދިޔަ އަންގާރަ ދުވަހުއެވެ.

ރާއްޖެއިން މިހާތަނަށް 12,112 މީހަަކަށް ކޮވިޑް ޖެހިފައިވާއިރު 11،244 މީހުން އެ ބަލިން ވަނީ ރަނގަޅުވެފައެވެ. މީގެ އިތުރުން 25 ރިސޯޓެއްގައި ކޮވިޑްގެ 188 ބަލި މީހުން އެބަ ތިއްބެވެ. އެއީ 55 ފަތުރުވެރިންނާއި 133 މުވައްޒިފުންނެވެ. އަދި ނުވަ ރަށެއްގައި ކޮވިޑް-19 ގެ ބަލި 13 މީހަކު އެބަތިއްބެވެ. އެއީ ދެ ދިވެހިންނާއި 11 ބިދޭސީންނެވެ. ކޮވިޑްގެ ބަލި މީހުން މި ވަގުތު ތިބީ ހދ. ހަނިމާދޫ އާއި ހދ. ނޭކުރެންދޫ އާއި ށ. ފޯކައިދޫ އާއި ބ. ފުޅަދޫ އާއި ކ. ހުރާ އާއި ކ. މާފުށި އަދި ގދ. ނަޑެއްލާ އާއި ގދ. ހޯނޑެއްދޫ އާއި ސ. ފޭދޫ އެވެ.

އެންމެ ގިނައިން ބަލި މީހުން ތިބީ މާފުށީގައެވެ. އެއީ ހަތަރު މީހުންނެވެ. ދެން ބ. ފުޅަދޫގައެވެ. އެ ރަށުގައި ކޮވިޑްގެ ބަލި ޖެހިފައި ތިބި ދެ މީހުން އެބަތިއްބެވެ.

ކޮވިޑްގައި ނުރައްކާތެރި ދުވަސްތަކެއް ރާއްޖެއިން ހޭދަކުރި ނަމަވެސް މިދިޔަ ދެ ތިން މަސް ދުވަހު ކޮވިޑްގެ ބަލި މީހުން ފެންނަ ނިސްބަތް ވަނީ ބޮޑު ތަނުން މަދުވެފައެވެ. އިއްޔެ ޕޮޒިިޓިވްވީ 27 މީހުންނެވެ. ބުރާސްފަތި ދުވަހު 26 މީހުންނެވެ.