މޫސުން

މޫސުން ގޯސްވެ ވައިޓް އެލާޓް ނެރެފި

Nov 14, 2020

މޫސުން ގޯސްވެ ހއ އަތޮޅުން މ އަތޮޅަށް ވައިޓް އެލާޓް ނެރެފި އެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާއިން ހއ އިން މ އަތޮޅަށް ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށެވެ. އަދި އެ އެ އަތޮޅުތަކަށް ވަނީ ވައިޓް އެލާޓް ނެރެފައެވެ. އެއީ މިރޭ 11 އިން ފެށިގެން މެންދަމު ތިނަކަށެވެ.

ކުރިއަށް އޮތް ސައުވީސް ގަޑިއިރު ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަ ކުރުމާއެކު ގުގުުރާނެ ކަމަށާ ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާ ކުރެވޭ ކަމަށް މެޓް އޮފީހުން ބުންޏެވެ. ދެކުނުގެ އަތޮޅުތަކަށް ހުޅަނގު އުތުރާއި އުތުރުން އެހެން ހިސާބުތަކަށް އުތުރާއި އިރުއުތުރުން ހުރިހައި ހިސާބަކަށްވެސް ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައި ގަދަވުން އެކަށީގެން އެކަށީގެންވާ ކަމަށްވެސް ބުންޏެވެ.

މިއަދަކީ ހުޅަނގު މޫސުމުގެ 17 ވަނަ ނަކަތުގެ ފުރަތަމަ ދުވަހެވެ.