ހަބަރު

ފްރީކުއެންސީ ފީ އާއެކު ގަވަރުނަރުގެ ކަންބޮޑުވުންތަކެއް

މީހަކު ފޯނުން ވާހަކަ ދައްކަނީ: --
0%
0%
100%

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓުގައި އާމްދަނީ ހޯދަން އިތުރަށް ކުރަން ހުށަހަޅާފައިވާ ކަންކަމުގެ ތެރޭގައި ހިމެނޭ ފްރިކުއެންސީ ސްޕެކްޓްރަމް ޗާޖާމެދު މަރުކަޒީ ބޭންކުގެ ގަވަރުނަރު އަލީ ހާޝިމް މިއަދު ކަންބޮޑުވުންފާޅު ކުރައްވައިފި އެވެ.

ފްރިކުއެންސީ ސްޕެކްޓްރަމް ޗާޖުގެ އިތުރުން ޓެލެކޮމް ހިދުމަތް ދޭން އިތުރު ކުންފުންޏަކަށް ލައިސެންސް ދޫކުރުމާއެކު އަންނަ އަހަރު ބަޖެޓަށް އިތުރަށް 300 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ސަރުކާރުން އަންދާޒާ ކުރެ އެވެ.

އަންނަ އަހަރަށް ސަރުކާރުން މަޖިލީހަށް ހުށަހަޅާފައިވާ ދައުލަތު ބަޖެޓު ދިރާސާކުރަމުންދާ މަޖިލީހުގެ ބަޖެޓު ކޮމިޓީއަށް މިއަދު ވަނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ލަފާ ހިއްސާކޮށްފައި އެވެ.

އާމްދަނީ ހޯދަން އިތުރަށް ކުރަން ހުށަހަޅާފައިވާ ކަންކަމުން ޖުމްލަ 1.2 ބިލިއަން ރުފިޔާ ލިބޭނެކަމަށް ކޮށްފައިވާ އަންދާޒާއާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން، އަލީ ހާޝިމް ވިދާޅުވީ މުއާސަލާތީ ހިދުމަތްދޭ ކުންފުނިތަކުން ފްރިކުއެންސީ ސްޕެކްޓްރަމް ޗާޖުގެ ނަމުގައި ނަގަން ހުށަހަޅާފައިވާ އިތުރު ފީ އާއެކު އިންފްލޭޝަނަށް ބަދަލު އައުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.

މި ގޮތުން، އެ ޗާޖު ކުންފުނިތަކުން ކަސްޓަމަރުންނާ ހަމައަށް ގެންދިއުމުގެ ފުރުސަތު ބޮޑުއިރު، އެކަމުން އަގުތައް ބޮޑުވެ، އިންފްލޭޝަނަށް އޭގެ އަސަރު ކުރާނެކަމަށް އަލީ ހާޝިމް ވިދާޅުވި އެވެ.

ނަމަވެސް، އެ ކަމުން އަސަރު ކުރާނެ މިންވަރު ދެނެގަނެވޭނީ، ކަސްޓަމަރުންނަށް އެ ފީ ޕާސް އޮން ކުރާނެ މިންވަރު އެނގުމުންކަން ގަވަރުނަރު ފާހަގަކުރެއްވި އެވެ.

"މިސާލަކަށް ސިނގިޜޭޓު ވެއްޖެއްޔާ ހުރިހާ އެއްޗެއް އެބަ ޕާސް އޮން ކުރޭ. އެކަމަކު ޓެލެކޮމް ކުންފުނިތަކަށް އެ ގޮތަށް އަމަލު ނުކުރެވޭނެ އާއްމުކޮށް. އެހެންވީމާ ކޮން މިންވަރަކަށްތޯ ޕާސް އޮން ނުކޮށް ޕްރޮފިޓް ތެރެއަށް އެބްޒޯބް ކުރާނީ. އަޅުގަނޑު މިދަންނަވަނީ ވަރަށް ގިނަ އެއްޗެހި ޕާސްއޮން ކުރެޔޭ. އޭރުން އިންފްލޭޝަނަށް އަސަރުކުރާނެ،" ގަވަރުނަރު ވިދާޅުވި އެވެ.

މިއަދުގެ ބައްދަލުވުމުގައި މަރުކަޒީ ބޭންކުން ވަނީ އަންނަ އަހަރު ބަޖެޓާމެދު ބައެއް ކަންބޮޑުވުންތައް ހިއްސާކޮށްފައި އެވެ.

މިގޮތުން، އާމްދަނީއަށް ވުރެ ރިކަރަންޓު ހަރަދު ބޮޑުވުމާއި، އަންނަ އަހަރުވެސް ދަރަނި އިތުރުވުމާ ގުޅޭގޮތުން ވަނީ ކަންބޮޑުވުންފާޅުކޮށްފައި އެވެ.

3 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ޜ

ޢަލީ އެދެއްކެވީ މުޅިންތެދު.....ހަގީގަތް..އަހެރެންނަކީ ޢިކޮނަމިސްޓެއް ނޫން....

ޑޮކްޓަރު

އަލީ ހާޝިމް އެ އުޅުއްވަނީ ޑޮލަރު ރޭޓް 20 ރުފިޔާއަށް ނުހެއްދެވިގެން. އޭރުންތާ، ބްލެކް ގައި ޑޮލަރެއް 25 ރުފިޔާ އަށް 30 ރުފިޔާ އަށް ވިއްކަން ފެށުމުން، މުސާރައިގެ ކުރިއެރުން ނުލިބޭނަމަ، ވަޒީފާ ތަކުގައި އުޅޭ މީހުންގެ އަތުގައި ހުރި ފައިސާކޮޅު މަދުވެ، މީހުން އަމިއްލަ އަށް ޚަރަދުކުޑަކުރަން ވިސްނައި، ކުރާ ހޭދަތައް މަދުކުރާނީ.

ސޭޓު

ޑޮކްޓަރު، ޕިސް ޕިސް، ބަޔަކު ދައްކާމަޒަރު ނުބަލާ އަމިއްލަ ބޯ ހިއްލާލާފައި ނިކަން ބަލާލަބަލަ. ހެޔޮނުވާނެ!!

April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910