ހަބަރު

ބަޖެޓު ބަހުސް ފަށައިފި

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހަޅާފައިވާ ބަޖެޓު މެންބަރުން ބައްލަވަނީ. -- ފޮޓޯ: މަޖިލިސް
0%
0%
100%

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓާ ގުޅާ ބަހުސް ރައްޔިތުންގެ މަޖިލީހުގައި މިއަދު ފަށައިފި އެވެ.

އަންނަ އަހަރަށް ލަފާކޮށް ދިވެހި ސަރުކާރުން 34.7 ބިލިއަން ރުފިޔާގެ ބަޖެޓެއް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވަނީ މިދިޔަ ހަފްތާގައި މަޖިލީހަށް ހުށަހަޅުއްވައިފަ އެވެ.

އެ ބަޖެޓު މަޖިލީހުގެ މާލިއްޔަތު ކޮމިޓީ އާއި އިގުތިސޯދީ ކޮމިޓީ ހިމެނޭގޮތަށް ބަޖެޓު ދިރާސާ ކުރާ ކޮމިޓީން މިހާރު ދިރާސާ ކުރަމުންދާއިރު، މިއަދުގެ ޖަލްސާ ފައްޓަވަމުން މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، އާއްމު ކޮމިޓީން ބަޖެޓުގެ ބަހުސަށް ކޮންމެ މެންބަރަކަށް 15 މިނެއްޓުގެ އެއް ފުރުސަތު ކަނޑައަޅާފައިވާ ކަމަށެވެ.

އަދި ބަޖެޓާ ގުޅޭގޮތުން ތަޅުމުގައި މެންބަރުން ފާޅުކުރާ ހިޔާލުތައް ބަޖެޓު ދިރާސާ ކޮމިޓީއަށް ފޮނުވަންޖެހޭއިރު، ކޮމިޓީގެ ރިޕޯޓު ނިންމުމުގެ ކުރިން އެ ހިޔާލުތައް ފޮނުވުމަކީ މުހިއްމުކަމެއް ކަމަށް ނަޝީދު ވިދާޅުވި އެވެ.

"މަޖިލީހުގެ ގަވައިދުގައިވޭ ބަހުސްގައި ފާޅުކުރައްވާ ހިޔާލު ފޮނުވާނޭ ކޮމިޓީއަށް. އެހެންވީމާ، ބަޖެޓު ދިރާސާކޮށް ނިންމުން ބަޖެޓުގެ ބަހުސްގެ ފަހުން އެއީ އެންމެ ރަނގަޅުގޮތް ނޫން ކަމަށް އަޅުގަނޑު ދެކެނީ،" އެމަނިކުފާނު ވިދާޅުވި އެވެ.

ކޮމިޓީގެ ރިޕޯޓަށް ހަތް މިނެއްޓުގެ އެއް ފުރުސަތު ލިބޭނެކަމަށްވެސް އާއްމު ކޮމިޓީން ނިންމާފައިވާކަން މަޖިލީހުގެ ރައީސް ފާހަގަކުރެއްވި އެވެ.

އަންނަ އަހަރަށް ލަފާކުރާ ބަޖެޓަށް މަރުކަޒީ ބޭންކް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ އިތުރުން އޮޑިޓާ ޖެނެރަލް އޮފީހުން ލަފާ ދީފައިވާކަމަށާއި، އެ ލަފާ ހުރިހާ މެންބަރުންވެސް ރަނގަޅަށް ބައްލަވައި، ދިރާސާ ކުރެއްވުމަށް ނަޝީދު ވަނީ އެދިވަޑައިގެންފައި އެވެ.

އިއްޔެ ބަޖެޓު ދިރާސާ ކޮމިޓީގައި، އެމްއެމްއޭގެ އިތުރުން އޮޑިޓު އޮފީހުންވެސް ވަނީ ގިނަ ކަންބޮޑުވުންތަކެއް ހިއްސާކޮށްފައި އެވެ.

މިގޮތުން، އާމްދަނީ އާއި ހަރަދާއި، ދަރަނީގެ އިތުރުން އަންނަ އަހަރު ހިންގަން ރާވާފައިވާ ތަރައްގީގެ މަޝްރޫއުތަކާ ގުޅޭގޮތުން ބައެއް ކަންބޮޑުވުންތައް އެ ދެ އިދާރާގެ ލަފާގައިވެސް ފާހަގަކޮށްފައިވެ އެވެ.

ބުދަ ދުވަހާ ހަމައަށް ބަޖެޓު ބަހުސް ކުރިއަށް ގެންދެވާނެކަމަށާއި، ރޭގަނޑުވެސް މަޖިލީހުގެ ޖަލްސާތައް ބޭއްވޭނެކަމަށް ނަޝީދު މީގެ ކުރިން ވަނީ ހާމަކުރައްވާފައި އެވެ.

މިގޮތުން، ނަޝީދު މިއަދު ވިދާޅުވީ، މަޖިލީހުގެ ޖަލްސާ ހަވީރު 5:00 އާ ހަމައަށް ކުރިއަށް ގެންދަވަން ގަސްދު ކުރައްވާ ކަމަށެވެ. އަދި މާދަމާ އަކީ ރަސްމީ ބަންދު ދުވަހެއް ނަމަވެސް، މާދަމާ ވެސް ޖަލްސާއެއް ބާއްވައިގެން ބަހުސް ކުރިއަށް ގެންދަވާނެކަމަށްވެސް ނަޝީދު އިއުލާނުކުރެއްވި އެވެ.

އެކަމަށް 21 ގަޑިއިރެއްހާއިރު ހޭދަވާނެކަމަށް ނަޝީދު މީގެ ކުރިން އަންދާޒާކުރި ނަމަވެސް، ހާއްސަކޮށް މަޖިލިސް ކޮންޓްރޯލް ކުރާ އެމްޑީޕީގެ ގިނަ މެންބަރުން ބަޖެޓު ބަހުސްގައި ވާހަކަ ދައްކަވާނެކަމަކަށް ނުބެލެވެ އެވެ.

ބަޖެޓާ ގުޅޭގޮތުން ތަޅުމުގައި ވާހަކަ ދައްކަވާއިރު، ވަކި ވަކި މެންބަރުން ތަމްސީލު ކުރާ ދާއިރާތަކަށް ހާއްސަކޮށްގެން ވާހަކަ ނުދެއްކުމަށް ނަޝީދު މީގެ ކުރިން ވަނީ އިލްތިމާސް ކުރައްވައިފަ އެވެ.

ބަޖެޓު ކޮމިޓީގެ ރިޕޯޓު އަންނަ ބުރާސްފަތި ދުވަހު މަޖިލީހުގެ ތަޅުމަށް ފޮނުވޭއިރު، އޭގެ ދެ ދުވަސް ފަހުން ކޮމިޓީގެ ރިޕޯޓަށް އިސްލާހު ހުށަހެޅުން ބަންދުކުރުމަށް ވަނީ ކަނޑައަޅައިފަ އެވެ.

މި މަހުގެ 26 ވަނަ ދުވަހު ބަޖެޓު ވޯޓަށް އަހަން މަޖިލީހުން ވަނީ އަމާޒު ހިފައިފަ އެވެ.

ންނަ އަހަރަށް ލަފާކޮށް ސަރުކާރުން 34.7 ބިލިއަން ރުފިޔާގެ ބަޖެޓެއް މަޖިލީހަށް މިއަދު އަމީރު ހުށަހެއްޅުވިއިރު، އާމްދަނީ އާއި ހިލޭއެހީގެ ގޮތުގައި ލިބޭނެކަމަށް ލަފާކުރަނީ 17.8 ބިލިއަން ރުފިޔާ އެވެ.

އަންނަ އަހަރު 33.3 ބިލިއަން ރުފިޔާ ހަރަދު ވާނެ ކަމަށް ބެލެވޭއިރު، އަންނަ އަހަރަށް ހުށަހަޅާ ބަޖެޓަކީ 15.5 ބިލިއަން ރުފިޔާއިން ޑެފިސިޓް ބަޖެޓެކެވެ.

1 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ސޭޓު

ބަޖެޓް ދެކޮޅެއްނުޖެހޭ، ކުރިއަށް އޮތީ ޑިފޯލްޓް އަކަށް ނުދިއުމަށްޓަކައި ސަރުކާރުގެ އެތަކެއް ކުންފުނިތަކަކުން ވަކި % އެއް ބޭރުގެ ކުންފުނިތަކަށް ވިއްކުމާއި އަލަށް އަންނަ ޓެލެކޮމް ކުންފުންޏާއި ވިދިގެން ޓެލެކޮމްއިންވެސް މުޅިން އައު ޗާރޖެއް ރައްޔިތުންގެ އަތުން ނެގުން. މި ވެރިކަން ނިމޭއިރު ސަރުކާރުގެ ގިނަ ކުންފުނިތަކުގެ މެޖޯރިޓީ ޝެއަރ ހޯލްޑަރުންނަށް ވާނީ ބޭރުގެ ކުންފުނިތައް. ސަރުކާރު ދިވެހި ވިޔަކަސް ގައުމް އޮންނާނީ ވިކިފައި. މިހާރުވެސް ފެންކުންފުނި 2 ފަހަރު މަތިން 20% 20% ވަނީ ތަފާތު 2 ކުންފުންޏަކަށް ވިއްކާލާފައި. ކުރިޔަށް ދެންއޮތީ ސްޓެލްކޯ. ކކބކ. ޕީއެސް: މަވެސް އަސްލު އެމްޑީޕީ

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345