ރާއްޖެ މިނިވަން ގައުމެެއްގެ ގޮތުގައި ދެމި އޮތުމުގެ މަސްދަރަކީ އިސްލާމްދީން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ދިވެހިރާއްޖެ އިސްލާމްވި ދުވަހުގެ ތަހުނިޔާ ފޮނުއްވާ ކުރެއްވި ޓްވީޓެއްގައެވެ. ރައީސް ވިދާޅުވީ މި ރާއްޖެ މިނިވަން ގައުމެެއްގެ ގޮތުގައި ދެމިއޮތުމުގެ މަސްދަރަކީ އިސްލާމްދީން ކަމަށެވެ.
ރައީސްގެ ޓްވީޓްގައި ވަނީ އިސްލާމްދީނުގެ ނޫރު އަބަދަށްމެ މި ދިވެހިފަސްގަނޑުގައި ދެމެހެއްޓެވުން އެދި ދުއާ ކުރައްވާފައެވެ.
ރަބީއުލްއާހިރު މަހުގެ ދެވަނަ ދުވަހަކީ ރާއްޖެ އިސްލާމީ ދުވަހެވެ.