ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ވިޔަފާރި

މަތީ ފަންތީގެ އޮޒެން ރިޒާވް ބޮލިފުށި ރިސޯޓު ހުޅުވުން އަންނަ މަހު

Nov 19, 2020
1

އޮޒެން ބްރޭންޑުގައި ރާއްޖޭގައި ހުޅުވާ، ދެވަނަ ރިސޯޓު ކަމަށްވާ އޮޒެން ރިޒާވް ބޮލިފުށި ރިސޯޓު އަންނަ މަހު ހުޅުވަން ތައްޔާރު ވެއްޖެ އެވެ.

"އޮޒެން" ބްރޭންޑުގައި ރިސޯޓު އޮޕަރޭޓް ކުރާ، އެޓްމޮސްފިއާ ހޮޓެލްސް އެންޑް ރިސޯޓްސް ކުންފުނިން ބުނެފައިވާ ގޮތުގައި އަންނަ މަހުގެ ތިން ވަނަ ދުވަހު ހުޅުވާ ކ. އަތޮޅު ބޮލިފުށީގައި ހުޅުވާ އޯޒެން ރިޒާވް ބޮލިފުށި ރިސޯޓު ފަރުމާކޮށްފައިވާނީ ރިސޯޓަށްދާ މީހުންނަށް ހިތްހަމަ ޖެހޭނެ ގިނަ ސިފަ ތަކެއް ހިމެނޭ ގޮތަކަށެވެ.

މި ރިސޯޓުގައި ހުރިހާ ތަނެއް ވެސް ފަރުމާކޮށްފައިވަނީ އެންމެ ފެންވަރު މަތީކޮށް ހިދުމަތް ދެވޭނެ ގޮތަކަށެވެ. މި ރިސޯޓުގައި އެންމެ ފެންވަރު ރަނގަޅަށް ހަދާފައިވާ ހަތް ޕްރައިވެޓް އޯޝަން ރިޒާވް ވިލާ ހުރެ އެވެ. މި ވިލާތައް ފަރުމާކޮށްފައިވަނީ މޫދަށް ފޭބޭ ގޮތަށް 750 މީޓަރުގެ ސްލައިޑެއް ވެސް ހުރެ އެވެ. މީގެ އިތުރުން ސުވިމިން ޕޫލް ހިމެނޭ ގޮތަށް އިތުރު ނުވަ މޫދު ވިލާ އާއި ފަސް ކޮޓަރީގެ ބަންގަލޯއެއް ވެސް ހުރެ އެވެ. މި ރިސޯޓުގައި ޖުމްލަ 90 ވިލާ ހުންނާނެ އެވެ.

އޮޒެން ރިޒާވް ބޮލިފުށި ގެ މި ހުރިހާ ތަނަކަށް ހިދުމަތް ދިނުމަށް ހާއްސަ ބަޓްލަރުން ހަމަޖައްސާފައި ތިބޭނެ އެވެ. "ހިޔަނި" ގެ ނަމުން ނަން ދީފައިވާ މި ހާއްސަ ހިދުމަތްތެރިޔާ އަބަދު ވެސް ހިދުމަތުގައި ހުންނާނެ އެވެ. މި ރިސޯޓުގައި އެކި ގައުމުގެ ކެއުންތައް ހިމެނޭ ގޮތަށް ހާއްސަ ރެސްޓޯރެންޓަކާއި އައި ސްކޭޓް ކުރުން ފަދަ ކުޅިވަރުތައް ކުޅެވޭނެ ވަސީލަތްތައް ވެސް ގާއިމް ކޮށްފައި ހުރެ އެވެ.

އެޓްމޮސްފިއާ ހޮޓެލްސް އެންޑް ރިސޯޓްސް ކުންފުނިން ރާއްޖޭގައި ފުރަތަމަ ރިސޯޓެއް ހުޅުވާފައިވަނީ 2016 ވަނަ އަހަރު އެވެ. ފުރަތަމަ ހުޅުވީ ކުރިން ގިނަ ބަޔަކު ދަތުރު ގޮސް އުޅުނު ރަށެއް ކަމަށްވާ މާދޫފިނޮޅުގަ އެވެ. މި ކުންފުނިން 2023 ވަނަ އަހަރު ސްރީލަންކާގައި ވެސް ރިސޯޓެއް ހުޅުވަން ދަނީ ތައްޔާރު ވަމުންނެވެ.

ކޮވިޑް-19 އަށް ރާއްޖޭގެ ބޯޑަރު ބަންދު ކުރިއިރު ރާއްޖޭގައި 150 ރިސޯޓު ހިންގަމުން ދިޔަ އެވެ. ނަމަވެސް ޖުލައި 15 ގައި ހުޅުވިފަހުން މިހާތަނަށް ހުޅުވާފައިވަނީ 123 ރިސޯޓެވެ. އަދި މިއީ މި އަހަރު ހުޅުވި ދެވަނަ ރިސޯޓެވެ. އާ ރިސޯޓެއް ހުޅުވިއިރު މިހާރުވެސް ރާއްޖޭގައި ނުހެދި 70 އަށްވުރެ ގިނަ ރިސޯޓު އެބަހުއްޓެވެ.