ވިޔަފާރި

ޓީޓީއެމް ވާޗުއަލް ފެއާ މިމަހު ބާއްވަނީ

Nov 19, 2020

ރާއްޖޭގައި ފެށި ފުރަތަމަ އިންޓަނޭޝަނަލް ޓޫރިޒަމް ފެއާ ކަމަށްވާ، ޓްރެވަލް ޓްރޭޑް މޯލްޑިވްސް (ޓީޓީއެމް) ވާޗުއަލްކޮށް މިމަހު ބާއްވަން ތައްޔާރު ވެއްޖެ އެވެ.

ޓީޓީއެމް އިން ބުނެފައިވާ ގޮތުގައި މި އަހަރުގެ ފެއާގައި 150 ރިސޯޓާއި 30 ގައުމެއްގެ 200 ޓުއާ އޮޕަރޭޓަރުން ބައިވެރިވާނެ ކަމަށެވެ. މި އަހަރުގެ ފެއާ އޮންނާނީ މިމަހުގެ 25 އަދި 26 ވަނަ ދުވަހު އެވެ.

މި އަހަރުގެ ފެއާ ފެށުމުގެ ރަސްމިއްޔާތުގައި ހާއްސަ މެހުމާނުންގެ ގޮތުގައި ބައިވެރިވަޑައިގަންނަވާނީ ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމުގެ އިތުރުން މަޓީގެ ސެކްޓެރީ ޖެނެރަލް އަހުމަދު ނަޒީރު އާއި އެމްއެމްޕީއާރުސީގެ އެމްޑީ ތޮއްޔިބު މުހައްމަދު އަދި އިންޑިއާ ސަފީރު ސަންޖޭ ސުދީރު އެވެ.

މި އަހަރަކީ ޓީޓީއެމް ފެއާ ބާއްވާ ފަސް ވަނަ އަހަރެވެ. މި ފެއާއަކީ ދުނިޔޭގެ އެހެން ޓޫރިޒަމް މަންޒިލް ތަކުން ބާއްވާ ފަދަ ފެއާތަކެކޭ އެއްގޮތަށް މަގުބޫލު ފެއާއަކަށް މިހާރު ވަނީ ވެފަ އެވެ. މި ފެއާގައި ބައިވެރިވާން ވޭތުވެދިޔަ އަހަރުތަކުގައި ގިނަ ބަޔަކު ވަނީ ރާއްޖެ އައިސްފަ އެވެ.