ދުނިޔެ

ކާބުލްގައި ރޮކެޓް ހަމަލާތަކެއްދީ އަށް މީހުން މަރާލައިފި

Nov 21, 2020

އަފްޣާނިސްތާނުގެ ވެރިރަށް ކާބުލްގެ މިއަދު ހެނދުނު ދިން ވަރުގަދަ ރޮކެޓް ހަމަލާތަކެއްގައި އަށް މީހަކު މަރުވެ، 30 އަށް ވުރެ ގިނަ މީހުން ޒަހަމް ވެއްޖެ އެވެ.

އެ ހަމަލާތަކުގައި 23 އަށް ވުރެ ގިނަ ރޮކެޓް ބޭނުން ކޮށް 13 ތަނަކަށް އަމާޒު ކޮށްފައި ވެއެވެ. އޭގެ އެއް ހަމަލާއެއްގައި ސަރުކާރުގެ ސަލާމާތީ ބާރުތަކަށް ނިސްބަތްވާ އިސް އއޮފިޝަލަކު ވެސް އަވަހާރަވެފައި އެވެ. ނަމަވެސް އޭ މައުލޫމާތު މުޅީން ސާފުވެފައެއް ނުވެ އެވެ.

އަފްޣާން ސަރުކާރުގެ އޮފިޝަލުން ވިދާޅުވި ގޮތުގައި ރޮކެޓް ހަމަލާތައް މެދުތެރެ އާއި އުތުރުގެ ބައެއް ސަރަހައްދުތަކަށް އަމާޒު ކުރި އިރު ހަމަލާ ބަދަލު ކުރުން މަނާ ގްރީން ޒޯންތަކަށް ވެސް ހަމަލާދީފައި އެވެ.

މި ހަމަލާތަކުގެ ޒިންމާ އެއްވެސް ފަރާތަލުން އުފުލާފައި ނުވާއިރު އަފްޣާނުގައި ދޭ މިފަދަ ހަމަލާތައް ކުއްލިއަކަށް ވަނީ އިތުރުވެފަ އެވެ.