ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19 އިގެ މަރުތައް

ކޮވިޑުގައި އިތުރު މީހަކު މަރުވެއްޖެ

ކޮވިޑް-19 ޖެހިގެން އަނެއްކާވެސް ދިވެއްސަކު މަރުވެއްޖެ އެވެ. މިއީ ރާއްޖެއިން ކޮވިޑްގައި މަރުވި 46 ވަނަ މީހާ އެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނީ ކޮވިޑް-19 ޖެހިގެން މިއަދު މަރުވެފައިވަނީ 77 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.

އެމީހާ މަރުވީ ހުޅުމާލެ މެޑިކަލް ފެސިލިޓީގެ އައިސީޔޫގައި ފަރުވާ ދެމުން ދަނިކޮށްކަމަށް ވެސް އެޗްޕީއޭ އިން އިތުރަށް ބުންޏެވެ.

މިއަދު އިތުރު މީހަކު އެ ބަލީގައި މަރުވި އިރު، ރާއްޖޭން ކޮވިޑް ޖެހުނު މީހުންގެ އަދަދުވަނީ ވަނީ 12,578 އަށް އަރައިފަ އެވެ.