އިދިކޮޅު ފަރާތްތައް

އެއްވި ދެ އަންހަނަކަަށް އަނިޔާވެއްޖެ

Nov 26, 2020
2

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ މައްޗަށް ކުރާ ޝަރީއަތަށް އެ މަނިކުފާނު މިއަދު މާލެ ވަޑައިގަތުމަށް ފަހު އެނބުރި ޖަލަށް ވަޑައިގަންނަވަން ލޯންޗަށް އަރާ ވަޑައިގެންނެވި ތަނަށް އެއްވި މީހުންގެ ތެރޭގައި ހިމެނޭ ދެ އަންހެނަކަށް އަނިޔާ ވެއްޖެ އެވެ.

މިއަދު އޮތް ޝަރީއަތަށް ފަހު ރައީސް ޔާމީން އެނބުރި ވަޑައިގެންނެވުމަށް ލޯންޗުކޮޅަށް އަރާ ވަޑައިގެންނެވި ވަގުތު އެ ސަރަހައްދަށް އެއްވި އެ މަނިކުފާނުގެ ސަޕޯޓަރުންނަށް ފުލުހުން ހުރަސް އެޅުމުގެ ތެރޭގައި އޭގެ ތެރެއިން ދެ އަންހެނަކަށް އަނިޔާވެ ކުދި ޒަހަމްތައް ލިބިފައިވެ އެވެ.

އިދިކޮޅު ޕީޕީއމުން ބުނެފައި ވަނީ މިއަދު ދެ މީހަކަށް އަނިޔާވި އިރު އިތުރު އަންހެނަކު ހައްުޔަރު ކޮށްފައިވާ ކަމަށެވެ.

ރައީސް ޔާމީން މިއަދު މާލެ ވަޑައިގެންނެވި ވަގުތާއި ފުރާ ވަޑައިގެންނެވި ވަގުތު އެ މަނިކުފާނުގެ ސަޕޯޓަރުން އެއްވެފައިވެ އެވެ. މިއަދު އާންމުވެފައިވާ ވިޑިއޯއަކުން ފެންނަ ގޮތުގައި އެއްވި މީހުންގެ ތެރެއިން މީހަކު ގަދަކަމުން ފުލުހުން މަސައްކަތް ކުރާއިރު އަންހެނުންތަކެއް ބިންމައްޗަށް ވެއްޓޭތަން ފެނެ އެވެ.