ހަބަރު

"އެވޯޑަކީ ޓޫރިޒަމް ދާއިރާއިން ކުރި މަސައްކަތުގެ ނަތީޖާ"

ވޯލްޑް ލީޑިން ޑެންޓިނޭޝަންގެ އެވޯޑް ރާއްޖެއަށް ލިބުނު އެވޯޑަކީ ޓޫރިޒަމް ދާއިރާގެ ބުރަ މަސައްކަތުގެ ނަތީޖާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ.

ވޯލްޑް ޓްރެވަލް އެވޯޑްސްއިން ދޭ އެންމެ ޝަރަފުވެރި އެވޯޑު "ވޯލްޑްސް ލީޑިން ޑެސްޓިނޭޝަން" އެވޯޑް ފުރަތަމަ ފަހަރަށް ރާއްޖެ އަށް ވަނީ ލިބިފަ އެވެ. ރާއްޖެ މި އެވޯޑު ހާސިލް ކުރީ 22 ގައުމަކާ ވާދަކޮށްގެނެވެ. އެގޮތުން، ފަތުރުވެރިންގެ މެދުގައި މަގުބޫލު ގްރީސް އާއި ސްޕެއިން އާއި މޮރިޝަސް ފަދަ ގައުމުތައް ހިމެނެ އެވެ.

އެވޯޑު ލިބުމާ ގުޅިގެން، ރައީސް މިއަދު ޓްވީޓެއް ކުރައްވާ ވިދާޅުވީ ކޮވިޑް 19ގެ ބަލިމަޑުކަމުގައި ވިޔަސް ރާއްޖެ އަށް އެވޯޑު ލިބުނީ ޓޫރިސްޓުންނަށް ރައްކާތެރި މާހައުލެއް ގާއިމްކުރަން މުޅި ޓޫރިޒަމް އިންޑަސްޓްރީން ކުރި ބުރަ މަސައްކަތުން ކަމަށެވެ.

ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ ބޯޑަރުތައް ބަންދު ކުރުމަށްފަހު އަލުން ބޯޑަރުތައް ހުޅުވާލީ މިދިޔަ ޖުލައި މަހު އެވެ. ޓޫރިސްޓު އެރައިވަލް މިހާރު ދަނީ އިތުރުވަމުންނެވެ.