ޓެރަރިޒަމް

ޓެރަރިޒަމްގެ ހަމަލާ ރޭވި 8 މީހުން ބަންދަށް

ބަޔަކު ރާވަމުންދިޔަ ކަމަށް ތުހުމަތު ކުރެވޭ ޓެރަރިރަޒަމްގެ އަމަލަކަ ގުޅުން ހުރި މީހުންގެ ބަންދުގެ މުއްދަތު އިތުރު ކޮށްފި އެވެ.

ޓެރަރިރަޒަމްގެ އަމަލެއްގެ މައުލޫމާތު އިންޓަލިޖަންސަށް ލިބިގެން އެކަން ހުއްޓުވާ ބަޔަކު ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ހާމަކުރީ މި މަހުގެ 12 ވަނަ ދުވަހުގެ ރެއެވެ. މާލެ އާއި މާލެ އަތޮޅު ކަނޑުމަތީ އަދި ތ. ތިމަރަފުށީގައި ފުލުހުން ހިންގި އޮޕަރޭޝަންގައި ހަ މީހަކު ވަނީ ހައްޔަރުކޮށްފައި ވެއެވެ.

އެއީ ތ. ތިމަރަފުށިން ހައްޔަރު ކުރީ ދެ މީހަކާއި މާލެއިން ހައްޔަރުުކުރި މީހެއް އަދި މާލެ އަތޮޅު ކަނޑުގެ ސަރަހައްދުން މަސް ދޯންޏަކުން ހައްޔަރުކުރި ތިން މީހުންނެވެ. މި އެންމެންނަކީ ދިވެހި ފިރިހެނުންނެވެ.

އޭގެ ފަހުން އިތުރު ދެ މީހަކު އިއްޔެ ވަނީ ހައްޔަރު ކޮށްފައެވެ. ފުލުހުން ބުނީ ފުރަތަމަ ހައްޔަރުކުރި މީހުންގެ ބަންދަށް 15 ދުވަސް ޖަހާފައިވާ ކަމަށެވެ. އަދި އިއްޔެ ހައްޔަރުކުރި ދެ މީހުންގެ ބަންދަށް ހަތް ދުވަސް ދީފައިވާ ކަމަށެވެ.

ފުލުހުން ހުއްޓުވާފައިވަނީ ކޮން ބަޔަކު ކޮންތަނަކަށް ދޭން އުޅުނު ހަމަލާއެއް ކަމެއްވެސް ނުބުނެ އެވެ. ހަމަލާ ދޭން ބަޔަކު ރޭވީ ތިމަރަފުށީގައި އޮތް ކުޑަކުދިންގެ ހަވީރަކަށް ކަމަށް ބުނެ ފެތުރުނު ވާހަކަތައް ފުލުހުން ދޮގު ކުރެ އެވެ.