ހަބަރު

އިންތިގާލީ އިންސާފުގެ މުއްދަތު ފުރަތަމަ ޖުމްހޫރިއްޔާއާ ހަމައަށް

މުޅި މަޖިލީހުގެ ކޮމިޓީގެ ބައްދަލުވުމެއްގައި މެންބަރުން ބައިވެރިވެވަޑައިގަންނަވަނީ. -- ފޮޓޯ: މަޖިލިސް
0%
0%
0%

ރާއްޖޭގައި ހިންގާފައިވާ ލާއިންސާނީ އަމަލުތަކާއި އަސާސީ ހައްގުތައް ގެއްލޭ ގޮތަށް ހިންގާފައިވާ އަމަލުތައް ބަލައި، އިންސާފު ހޯދައިދެވޭ މުއްދަތު ރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާ އުފެދުނު އަހަރު ކަމުގައިވާ 1953 އާ ހަމައަށް އިތުރުކޮށް، ސަރުކާރުގެ ފަރާތުން ހުށަހެޅި އިންތިގާލީ އިންސާފުގެ ބިލު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

ސަރުކާރުގެ ފަރާތުން ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ހުށަހެޅުއްވި އެ ބިލުގެ ބޭނުމެއްގެ ގޮތުގައި ވަނީ، ޖެނުއަރީ 2012 އިން ފެށިގެން 17 ނޮވެމްބަރު 2018 ގެ ނިޔަލަށް ނިޒާމީ ސިފައެއްގައި ރޭވިގެން، ދައުލަތުގެ މުއައްސަސާއަކުން ނުވަތަ އެއިން ތަނެއްގެ އިސް ހިންގުންތެރިއެއްގެ ފުށުން، ރައްޔިތުންގެ އިންސާނީ ހައްގުތަކާއި އަސާސީ މިނިވަންކަމާ ހިލާފަށް ހިންގާފައިވާ ބޮޑެތި އަމަލުތައް ބެލުމެވެ. އަދި އެފަދަ ކަންކަމުގެ ސަބަބުން އަނިޔާ ލިބިފައިވާ ފަރާތްތަކަށް އިންސާފު ހޯދައިދިނުމަށްޓަކައި ގާނޫނީ އޮނިގަނޑެއް އެކުވާލުން ކަމަށް ބިލުގައި ބުނެފައިވެ އެވެ.

ބިލުގައި ކަނޑައަޅާފައިވާ މުއްދަތަކީ އެމްޑީޕީގެ ފުރަތަމަ ސަަރުކާރު ކަމުގައިވާ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ނިމުމަށް ފަހު އަލުން އެ ޕާޓީއަށް ވެރިކަން ލިބި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރައީސް ކަމާ ހަވާލުވެވަޑައިގަތުމާ ހަމައަށް ހިނގައި ދިޔަ މުއްދަތެވެ.

ނަމަވެސް، އެ ބިލަށް ހިޔާލު ހޯދަން ބޭއްވި ބައްދަލުވުންތަކުގައި އަމިއްލަ ޖަމާއަތްތަކާއި އާއްމުންގެ ތެރެއިންވެސް ގިނަ ބަޔަކު ވަނީ އިންސާފު ހޯދައިދޭ މުއްދަތާ ގުޅޭގޮތުން ކަންބޮޑުވުންފާޅުކޮށްފައި އެވެ.

އެ ކަންބޮޑުވުންތަކާ ގުޅިގެން، އެ ބިލު ދިރާސާ ކުރި މަޖިލީހުގެ ހިއުމަންޓް ރައިޓްސް ކޮމިޓީއާއި ޖުޑިޝަރީ ކޮމިޓީގެ ޖޮއިންޓް ކޮމިޓީ އިން ވަނީ އެ މުއްދަތު ޖެނުއަރީ 1، 1953 ވަނަ އަހަރުން ފެށިގެން މި ސަރުކާރު ވުޖޫދުވި ދުވަހާ ހަމައަށް އިންސާފު ހޯދައިދެވޭ މުއްދަތު އިތުރުކޮށްފައި އެވެ.

މިގޮތުން، ބައެއް ކުދި ކުދި އިސްލާހުތަކާއެކު މަޖިލީހުން މިއަދު އެ ބިލު ފާސްކޮށްފައިވަނީ، ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 54 މެންބަރުންގެ އިއްތިފާގުންނެވެ.

އިންތިގާލީ އިންސާފުގެ އެ ބިލުގައި އެ މުއްދަތުގެ ތެރޭގައި ބޭއިންސާފުން އެ ގޮތަށް ހިނގާފައިވާ މައްސަލަތައް ބެލުމުގެ ގޮތުން އޮމްބުޑްސްމަންގެ އޮފީހެއް ގާއިމު ކުރަން ބަޔާން ކޮށްފައިވެ އެވެ. އެފަދަ މައްސަލަތައް ދެނެގަނެ އެ ކަމުގައި ޒިންމާވާ މުއައްސަސާތަކާއި އެ ކަން ކުރި ފަރާތްތަކުގެ މައްސަލަ ބަލައި ހަގީގަތާ ހަމައަށް ވާސިލުވުމަކީ އެ އޮފީހުގެ ޒިންމާއެކެވެ. އެ ގޮތުން ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ޖަވާބުދާރީ ކުރަވަން ވެސް ޖެހޭނެ ކަމަށެވެ.

އޮމްބުޑްސްމަންގެ އޮފީހުން ހިންގާ ތަހުގީގަށް ފަހު ޖިނާއީ ކުށެއް ކަމުގައިވާ އަމަލުތައް ހިންގި ފަރާތްތަކުގެ މައްޗަށް ޖިނާއީ ދައުވާ އުފުލުމަށްޓަކައި ޕްރޮސިކިއުޓާ ޖެނެރަލަށް އަދި މަދަނީ ދައުވާ އުފުލުމަށްޓަކައި އެޓާނީ ޖެނެރަލްއަށް ފޮނުވަން ޖެހޭނެ ކަމަށް ބިލުގައި ބުނެފައިވެ އެވެ.

3 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ޢޮންބަސް ޕަރސަން

ކައްވަޅު ކޮންނަން ޖެހުނީތާ

ސސ

އަންބޮޑި ޤާނޫނު ހަދައިގެން ކޯޗެއް ހޯދަން ތޯ މިއުޅެނީ، 1953 ފެށިގެން މިރާއްޖޭގައި މިހާތަނަށް އޮތީ އިންތިޤާލީ މަރުހަލާއެއްތޯ ؟ ފޭކް ޤާނޫނު ހަދާ ކުފޫހަމަ ނުވާބަޔެއް !

ލލ

ބަޔަކު މީހުން ދައުލަތުން ވައްްކަން ކުރާނެ ގޮތެއް ނުފެނިގެން ބޯބުރާންތިވެ ގޮތްހުސްވެގެން ތިއުޅެނީ! ތިއޮތީ ޤާނޫނީ ކުލަވެސް ޖައްސައިގެން ވައްކަން ކުރަން ރަގަޅު ފުރުސަތެއް ލިބިފަ ! ކޮބައިތޯ ރުޔާސީ ކޮމިޝަންތަށް ؟ ބަޔަކަށް މުސާރަދީގެން ގެންގުޅެނީ !

April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910