ރައީސް މުހައްމަދު ނަޝީދު

"އާސްކް ސްޕީކާ" ގެ ދެވަނަ ޕްރޮގްރާމެއް

ރައްޔިތުންގެ ސުވާލުތަކަށް ޖަވާބު ދިނުމަށް "އާސްކް ސްޕީކާ" ގެ ނަމުގައި ބާއްވާ ސިލްސިލާގެ ދެވަނަަ ޕްރޮގްރާމް ޑިސެންބަރު މަހުގެ ހަތްވަނަ ދުވަހު ބާއްވަން ނިންމައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން މިއަދު ބުނީ "އާސްކް ސްޕީކާ" ގެ ދެވަނަ ޕްރޮގްރާމް ޑިސެންބަރު ހަތްވަނަ ދުވަހުގެ ރޭ 9:00 ޖަހާއިރު ރާއްޖޭގެ ހުރިހާ ޓީޗީ އަދި ރޭޑިއޯ ޗެނަލްތަކުން ދުރަށް ފޮނުވާނެ ކަމަށެވެ. މި ޕްރޮގްރާމްގައި ރައްޔިތުންގެ ސުވާލުތަކަށް މަޖިލީހުގެ ރައީސް ވަގުތުން ޖަވާބު ދެއްވާނެ އެވެ.

މަޖިލީހުގެ އިދާރާއިން ބުނީ އެމަނިކުފާނާ ކުރައްވަން ބޭނުންފުޅުވާ ސުވާލުތަކަށް ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. ފޯނުން، ވީޑިއޯ މެދުވެރިކޮށް އަދި މެސެޖުން ވެސް ސުވާލު ކުރެވޭނެ އެވެ. ޕްރޮގްރާމްގައި ވަގުތުން ސުވާލު ކުރަން ބޭނުންނަމަ އެ ފުރުސަތު ވެސް ދޭނެ އެވެ. ސުވާލުތައް އަންނަ މަހުގެ ހަތްވަނަ ދުވަހުގެ މެންދުރު ދޭއެއްގެ ކުރިން ފޮނުވުމަށް މަޖިލީހުގެ އިދާރާއިން ވަނީ އެދިފަ އެވެ.

މި ސިލްސިލާގެ ފުރަތަަމަ ޕްރަގްރާމަށް ވެސް އާންމުންގެ ބޮޑު ސަމާލުކަމެއް ލިބުނެވެ.