ހަބަރު

ގަސްތަކެއް ވަގަށްނެގި މީހަކު ހޯދަން ފަށައިފި

ގެއަކުން ގަސްތަކެއް ވަގަށް ނެގި މީހަކު ހޯދަން އިއުލާން ކޮށްފި އެވެ.

ފުލުހުން މިއަދު ވަނީ ގެއަކުން ގަސްތަކެއް ވަގަށް ނެގި މައްސަލައަކާ ގުޅިގެން މީހަކު ހޯދަން ވީޑިއޯ އެއް އާއްމުކޮށްފަ އެވެ. އެ ވީޑިއޯގައި މީހަކު ގެއަކަށް ވަދެ އެ ގޭގައި ހުރި ގަސްތައް ބެލުމަށް ފަހު އޭގެ ތެރެއިން ދެ ގަސް ޕޮޓު ނަގައިގެން ގެންދާ މަންޒަރު ފެނެ އެވެ. ވީޑިއޯގައި ފެންނަ މީހާ ހުންނަނީ މާސްކެއް އަޅައިގެންނެވެ.

ފުލުހުން ބުނީ، ވީޑިއޯ ފެންނަ މީހާއަކީ މި މަހު 25 ގައި މާލޭގެ ގެއަކުން ގަސްތަކެއް ވަގަށް ނަގާފައިވާ ކަމަށް ފުލުހުންނަށް ހުށަހެޅިފައިވާ މައްސަލައާ ގުޅިގެން ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ކުރަމުންދާ ތަހުގީގަށް ހޯދަމުންދާ މީހެއް ކަމަށެވެ.