ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ހައްދުންމަތީ ގަމަށް ވަޑައިގެންފި އެވެ.
ރައީސް ސޯލިހް ގަމަށް ވަޑައިގެންފައިވަނީ ގަމުގެ މަރުކަޒީ އިންޖީނުގެ އެއް ވިއުގައަކުން ގުޅާލުން އިފްތިތާހުކޮށް ދެއްވުމާއި ގަމުގައި ތަރައްގީ ކޮށްފައިވާ ޒޯން ސްޓޭޑިއަމްގެ ފުޓުބޯޅަ ދަނޑު އިފްތުތާހުކޮށް ދެއްވުމާއި އެ ރަށުގެ ހޮސްޕިޓަލުގައި އަލަށް ތައާރުފު ކުރުމަށް ހަމަޖެހިފައިވާ ސީޓީ ސްކޭންގެ ހިދުމަތް ފައްޓަވައި ދެއްވުމަށެވެ.
ގަމަށް ވަޑައިގަތުމުގެ ކުރިން ރައީސް ވަނީ ކައްދުއަށް ވަޑައިގެން މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްގެ ސެންޓްރަލް އޭރިއާގެ މަރުކަޒުގައި ކުރިއަށް ގެންދިއަ ތަމްރީނު ތަކެއްގެ ޑެމޯ ބައްލަވާލައްވާފައެވެ.