ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ރިލީސް ސާމްޕަލް ނެގުން މާލެ ހިޔާ ފްލޫ ކުލިނިކަށް

ރިލީސް ސާމްޕަލް ނެގުން މާލެ ހިޔާ ކައިރި ހުރި ފްލޫ ކްލިނިކަށް ބަދަލުކޮށްފި އެވެ. މިއަދާ ހަމައަށް ރިލީސް ސާމްޕަލް ނަގަމުން އައީ މާފަންނު މަދަރުސާއިންނެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ ބުނީ މާފަންނު މަދަރުސާއިން ނަގަމުން އައި ރިލީސް ސާމްޕަލް ނެގުން މާދަމާއިން ފެށިގެން މާލެ ހިޔާ 2 ފުރަގަހުގައި ހުންނަ ކުރިން ފްލޫ ކްލިނިކް ހުރި އިމާރާތަށް ބަދަލުކޮށްފައިވާ ކަމަށެވެ.

ރިލީސް ސާމްޕަލް ނަގައިދޭ ވަގުތު

  • އާދިއްތައިން ބުރާސްފައްޗަށް ހެނދުނު ނުވަޔަކުން މެންދުރު އެކަކަށް
  • އާދިއްތައިން ބުރާސްފައްޗަށް ހަވީރު 5 ކުން ރޭގަނޑު ނުވަޔަކަށް
  • ހުކުރު ދުވަހު ހަވީރު ފަހަކުން ރޭގަނޑު ނުވަޔަކަށް