ކިއާރާ އަދުވާނީ

އަޝޫތޯޝްގެ "ކައްރަމް ކުއްރަމް" ގެ ބަތަލާއަކަށް ކިއާރާ

މަޝްހޫރު ޑައިރެކްޓަރު އަޝުތޯޝް ގޮވަރިކަރްގެ "ކުއްރަމް ކުއްރަމް" ގެ ބަތަލާ އަކަށް ކިއާރާ އަދުވާނީ ސޮއިކޮށްފި އެވެ. މިއީ އަޝުތޯޝް ޕްރޮޑިއުސްކުރާ އަދި އެހެން ބަޔަކު ޑައިރެކްޓް ކުރަން ހަވާލު ކޮށްފައިވާ ފިލްމެކެވެ.

ފިލްމުގެ ޑައިރެކްޓަރުންނަކީ ގްލެން ބަރޭޓޯ އާއި އަނުކުޝް މޮހްލާ އެވެ. މި ފިލްމުގައި ކިއާރާ ކުޅޭނީ ލިއްޖަތު ޕާޕަޅް ކިޔާ މަޝްހޫރު ވިޔަފާރިއެއް ފެށި މީހެއްގެ ރޯލެވެ.

ގޭގެ ޚަރަދުތަކުގައި ފިރިމީހާއަށް އެހީވުމުގެ ގޮތުން ވިޔަފާރިއެއް ފެށި އަންހެނެއް ކުރިއަރުން ގޮސް އާ އުސްމިން ތަކަކަށް ދަތުރުކުރި ގޮތް މި ފިލްމުގައި ފެންނާނެ އެވެ.

ކިއާރާ މިހާރު ޝޫޓް ކުރަމުން ދަނީ "ޖުގް ޖުގް ޖިޔޯ" އެވެ. ނަމަވެސް ބައެއް ތަރިންނަށް ކޮވިޑް ޖެހި މި ފިލްމުގެ ޝޫޓިން ވަނީ ހުއްޓިފަ އެވެ. ދެން އޭނާ ކުލެމުންދާ އަނެއް ފިލްމަކީ ހަގީގީ ލޯބިވެރިޔާ ކަމަށް ވާހަކަ ދެކެވޭ ސިދާރްތު މަލްހޯތުރާ އާއެކު ކުޅޭ "ޝާރްޝާހް" އެވެ.

ކިއާރާ އެންމެ ފަހުން ފެނިފައިވަނީ އަކްޝޭ ކުމާރާއެކު "ލަކްޝްމީ" އިންނެވެ. އަދި އަދިތުޔާ ސީލް އާއެކު އޭނާ ކުޅެފައިވަނީ އިންދޫ ކީ ޖަވާނީ" ޑީސެމްބަރު 11 ވަނަ ދުވަހު ރިލީޒްކުރުމަށް ވަނީ ތައްޔާޜުވެފަ އެވެ.