ވިޔަފާރި

ދިރާގު އާރުބީކުއެސްޓް ގޭމް ކުޅެގެން އިނާމުތަކެއް

Dec 6, 2020

ދިރާގުގެ އޭއާރް ގޭމިން އެޕްލިކޭޝަން "އާރުބީކުއެސްޓް" ގޭމް ކުޅެގެން އަގު ހުރި އިނާމު ތަކެއް ލިބޭ ޕްރޮމޯޝަނެއް ފަށައިފި އެވެ.

ދިރާގުން ބުނި ގޮތުގައި މި ޕްރޮމޯޝަންގެ ދަށުން އެ ކުންފުނީގެ "މަމެން" ކަސްޓަމަރުންނާއެކު ދިރާގުގެ ހުރިހާ ކަސްޓަމަރުންނަށް ވެސް ބައިވެރިވެވޭނެ ކަމަށެވެ.

އެ ކުންފުނިން ބުނި ގޮތުގައި ރާއްޖޭގެ ހުރިހާ ނެޓްވޯކް އެއްގެ ތެރޭގައި ވެސް މި ގޭމް ކުޅެވިދާނެ ކަމަށާ ނަމަވެސް އިނާމުތައް ލިބި ލީޑާބޯޑުގައި ވާދަކުރެވޭނީ ދިރާގު ކަސްޓަމަރުންނަށް އެކަނި ކަމަށެވެ.

މި ހާއްސަ ޕްރޮމޯޝަން އަންނަ އަހަރުގެ މާޗް މަހުގެ ހަ ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެ އެވެ. އެގޮތުން ކޮންމެ މަހަކު ލީޑާ ބޯޑުގެ އެންމެ މަތިން އިނާމު ހޯދާ ފަރާތްތަކަށް އިނާމު ލިބިގެންދާނެ ކަމަށެވެ.

ޕްރޮމޯޝަންގައި ލިބޭ އިނާމުތައް

  • ފުރަތަމަ މަހު އައިފޯން 12 ޕްރޯ މެކްސް
  • ދެވަނަ މަހު ސެމްސަންގް ގެލެކްސީ އެސް20 އަލްޓްރާ
  • ތިންވަނަ މަހު ސެމްސަންގް ގެލެސްކީ އެސް20 ޕްލަސް

ދިރާގުގެ މި ފޯރި ގަދަ ގޭމްތައް ގޫގުލް ޕްލޭ ސްޓޯރުންނާއި އެޕަލް އެޕުން ޑައުން ލޯޑު ކުރެވެ އެވެ. އަދި އޭއާރު ކިޓް ހިމެނޭ އެޕަލް ފޯނުތަކާއި އޭއާރު ކޯ ޓެކްނޮލޮޖީ ހިމެނޭ އެންޑްރޮއިޑް ފޯނުތަކުންވެސް މި ގޭމު ގުޅެވޭނެ އެވެ.