ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

އެޗްއައިވީ އެންޓިބޮޑީޒް އުފައްދާތީ، އޮސްޓްރޭލިއާއިން ކޮވިޑް ވެކްސިން އުފެއްދުން ހުއްޓާލައިފި

އޮސްޓްރޭލިއާއިން ކޮވިޑަށް ވެކްސިނެއް އުފައްދަން ކުރި މަަސައްކަތްތައް މެދުކަނޑާލައި، މުޅި ޕްރޮޖެކްޓް ހުއްޓާލައިފި އެވެ. އޮސްޓްރޭލިއާ ސަރުކާރުން ބުނީ އަޖުމަބެލުމުގެ ތެރޭގައި ބައިވެރިންގެ ހަށިގަޑުން އެޗްއައިވީ އެންޓިބޮޑިޒް އުފައްދާ ކަމަށް ޓެސްޓްތަކުން ދައްކާފައިވާ ކަމަށެވެ.

އޮސްޓްރޭލިއާގައި ވެކްސިން އުފައްދަން މަސައްކަތްކުރީ ކޮމަންވެލްތު ސީރަމް ލެބޯރަޓަރީޒް (ސީއެސްއެލް) އާއި ޔުނިވާސިޓީ އޮފް ކްއީންސްލޭންޑް (ޔޫކިޔޫ) އިންނެވެ. ސަރުކާރުން ކުރިން ނިންމާފައި އޮތީ މި ވެކްސިންގެ 51 މިލިއަން ޑޯޒް ގަތުމަށެވެ. ޕްރޮޖެކްޓް ހުއްޓާލަން ޖެހުމާ ގުޅިގެން ސަރުކާރުން ބުނީ ދެން ވެކްސިން ހޯދާނީ އެހެން ކުންފުނިތަކުން ކަމަށެވެ.

ސީއެސްއެލް އާއި ޔޫކިޔޫއިން ބުނީ އެޗްއައިވީ އެންޓިބޮޑީޒް އުފައްދާ ކަމަށް ދައްކަނީ ބައިވެރިންގެ ހަށިގަނޑުގައި އެޗްއައިވީ ހުރެގެން ނޫން ކަމަށެވެ. ޓެސްޓްތަކުގައި ބައިވެރިވި އެކަކުވެސް އެޗްައައިވީއަށް ޕޮސިޓިވްވެފައި ނުވާ ކަމަށެވެ. އަދި މިކަން ރަނގަޅުކުރަން އަހަރެއްހާ ދުވަސް ނަގާނެ ކަމަށެވެ.

އޮސްޓްރޭލިއާ ސަރުކާރުގެ ވިސްނުމަކީ، އަމިއްލަ ވެކްސިނެއް އުފެއް ދެންދެން މަޑުނުކޮށް ވީހާ އަވަހަކަށް ވެކްސިން ދޭން ފެށުމެވެ. ސަރުކާރުން ބުނީ އޮކްސްފޯން / އެސްޓްރަޒެނެކާ އަށް ދިން އޯޑަރު އިތުރުކޮށް އަދި ނޮވަވެކްސްއާ އެކު ވެސް އެއްބަސްވުމެއް ހަދާނެ ކަމަށެވެ.