ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

ބައިޑަންގެ ކޮވިޑް ޗީފް ޑރ. އެންތަނީ ފައުޗީގެ ވަދާއީ އިރުޝާދު

ޑރ. އެންތަނީ ފައުޗީ، 81، އަންނަ މަހު މަގާމުން އިސްތިއުފާ ދެއްވާނެ އެވެ. އޭނާ ވަނީ މެދުކެނޑުމެއް ނެތި 54 އަހަރު އެމެރިކާ ސަރުކާރަށް ޚިދުމަތް ކުރައްވާފަ އެވެ.

މާގާމުން ވަކިވެ ވަޑައިގަތުމުގެ ކުރިންވެސް އެމެރިކާގެ ރައްޔިތުންނަށް ދެއްވަން އޮތް އިރުޝާދެއް ކަމަށް -- ވައިޓް ހައުސްގައި ވާހަކަދައްކަވަމުން ވިދާޅުވީ ސިއްހީ ގޮތުން ދުޅަހެޔޮ މުސްތަގުބަލަކަށް ވެކްސިން މުހިންމު ކަމަށެވެ. އަދި އާންމު ރައްޔިތުންގެ ލާބައަށް ސަރުކާރުން ހިންގާ ސިއްހީ ޕްރޮގްރާމްތަކަށް އާންމުން އެއްބާލުން ދެއްވުމަށް އޭނާ އެދިވަޑައިގެންނެވި އެވެ.

ޑރ. ފައުޗީ އަކީ އެމެރިކާގެ ނެޝަނަލް އިންސްޓިޓިއުޓް އޮފް އެލާޖީ އެންޑް އިންފެކްޝަސް ޑިސީޒަސްގެ ޑައިރެކްޓަރެވެ. އަދި އެމެރިކާގެ ރައީސް ޖޯ ބައިޑަންއަށް އާންމު ސިއްހަތާ ބެހޭ ގޮތުން އިރުޝާދު ދެއްވަނީ ވެސް އޭނާ އެވެ.

ދުނިޔެއަށް ފެތުރިގަތް ކޮވިޑުގައި އެމެރިކާއަށް އަދި ދުނިޔޭގެ ސިއްހަތު ޖަމިއްޔާއަށް ލަފާ ދެއްވުމުގައި ފައުޗީ ވަރަށް އަވަދިނެތި އުޅުއްވި އެވެ. އެހެންކަމުން އޭނާއަށް މީހުންގެ ސަމާލުކަން ވަނީ ވަރަށް ބޮޑަށް ލިބިވަޑައިގެންފަ އެވެ.

ފައުޗީ ވިދާޅުވީ މަގާމުން ވަކިވެވަޑައިގަންނަވާއިރު މަސައްކަތުގެ ދާއިރާގައި -- އާންމުންނަށް ފައިދާވާ ގޮތަށް ކުރެއްވުނު ހުރިހާ ކަމެއްގެ ފައިދާ އާންމު ރައްޔިތުންނަށް މިހާރު ފޯރާނެ ކަމަށެވެ.

އާންމުނަށް ފައިދާކުރާނެހެން ހީފުޅުވާ އެކައްޗެއް ވެސް މޭޒުމަތީގައި ބާއްވާފައި ނޯންނާނެ ކަމަށް ފައުޗީ ވިދާޅުވި އެވެ.

ކޮވިޑާ ގުޅިގެން ފައުޗީ ދެއްވި ލަފާ ވަރަށް ގިނަ މީހުން ބައިގަތެވެ. ފައުޗީ ދެއްކެވި ވާހަކަތަކަށް އާންމުން ގަޔާވިލެއް ބޮޑުކަމުން ސެލެބްރިޓީއެއްގެ ދަރަޖަ އޭނާއަށް ދެވުނެވެ.

އަނެއްކޮޅުން ކޮވިޑް ކޮންޓްރޯލް ކުރުމުގައި ސަރުކާރުން ގެންގުޅުނޫ ސިޔާސަތު ފައުޗީއާ ހެދި މާބޮޑަށް ހަރުކަށިކުރަން ޖެހުނު ކަމަށް ބައެއް މީހުން ބުނެ އެވެ.

ފައުޗީގެ ވާހަކަތައް ބައެއް ފަހަރު ހަގީގަތަށް ވުރެ ނުރައްކާ ކަމަށްވެސް ފާޑުކިޔާ މީހުން ވަނީ ބުނެފަ އެވެ.

އެމެރިކާގައި ކޮވިޑުން ރައްކާތެރިވުމަށް އެޅިހާ ފިޔަވަޅަކުން ވެސް -- ތަހުޒީބީ ގައުމެއްގައި މީހުން މަރުވެގެން ނުވާ ވަރަށް ކޮވިޑްގައި ވަނީ މީހުން މަރުވެފަ އެވެ. އަދި ކޮވިޑަށް ވެކްސިން އުފެއްދުުމުގައި ޖަރުމަނުގެ ބަޔޮޮންޓެކާއި، އެމެރިކާގެ ބޭސް ކުންފުނި، ފައިޒާއާ ގުޅިގެން އުފެއްދި ތަހުލީލީ ވެކްސިނަކަށް ރުހުން ދެއްވި މައްސަލައިގައި ވެސް ފައުޗީ ވަނީ ހޫނުފެނަށް ވެއްޓިވަޑައިގެންފަ އެވެ.

ކޮވިޑްގައި ފައުޗީއާ އެންމެ ބޮޑަށް ޚިޔާލު ތަފާތުވެ ވަޑައިގެންނެވި އެއްބޭފުޅަކީ ކުރީގެ ރައީސް ޑޮނަލްޓް ޑްރަމްޕް އެވެ.

ޓްރަމްޕް ވިދާޅުވި ގޮތުގައި އޭނާއަށް ދެވަނަ ދައުރެއް ލިބިވަޑައިގެންފިނަމަ ވައިޓް ހައުސްއަށް ވަޑައިގަންނަވާނީ ފައުޗީ މަގާމުން ވައިކުރައްވާފަ އެވެ.