ހަބަރު

ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ އުފައްދައިފި

ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ނަމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއްޔެ އާ އިދާރާއެއް އުފައްދައިފި އެވެ.

މިއީ އެންވަޔަރަންމަންޓް މިނިސްޓްރީގެ ދަށުން ހިންގާނެ އިދާރާއެކެވެ.

ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ އަކީ ރައީސުލްޖުމްހޫރިއްޔާ އިއްޔެ ތަސްދީގު ކުރެއްވި ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ގާނޫނުގެ ތިން ވަނަ މާއްދާގެ އަކުރު (ހ) ގެ ދަށުން އުފައްދަން ލާޒިމުކުރާ އިދާރާއެކެވެ.

ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ އުފެއްދެވުމާއި ގުޅިގެން، މިހައިތަނަށް އެންވަޔަރަންމަންޓް މިނިސްޓްރީން ހިނގަމުންއައި މޯލްޑިވްސް އެނާޖީ އޮތޯރިޓީ އިއްޔެއިން ފެށިގެން ވަނީ އުވައިލާފަ އެވެ.