ހަބަރު

މައްސަލަ ހައްލު ކުރެވޭނެ، ޕީޕީއެމް އޮތީ ރައީސާއެކު: މައުމޫނު

Oct 21, 2015
ރައީސް މައޫމޫން ރައީސް ޔާމީނާ ސަލާމް ކުރައްވަނީ: ޕީޕީއެމް އޮތީ ރައީސް ޔާމީނާއެކުގައި ކަމަށް ވިދާޅުވި
0%
0%
0%

ރިޔާސީ ލޯންޗްކޮޅު "ފިނިފެންމާ" ގައި ރައީސް އަބްދުﷲ ޔާމީނަށް ދިން ހަމަލާއާ ގުޅިގެން ޕީޕީއެމް އޮތީ ރައީސް އަބްދުﷲ ޔާމީނާއެކު ކަމަށް ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސުލް ޖުމްހޫރިއްޔާ މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.

ޓްވީޓް ކުރައްވާ ރައީސް މައުމޫން ވިދާޅުވީ ލޯންޗުކޮޅުގައި ދިން ހަމަލާއާ ގުޅޭ މައުލޫމާތުތައް އެމަނިކުފާނަށް ރައީސް ޔާމީން އަރުވާފައިވާ ކަމަށާއި ޕީޕީއެމް އޮތީ ރައީސް ޔާމީނާއެކު ކަމަށާއި އެކަމަށް ޝުކުރު އަދާ ކުރައްވާ ކަމަށެވެ.

"ޕީޕީއެމް އޮންނާނީ ރައީސް ޔާމީނާއެކު އަޅުގަނޑަށް ޔަގީން އެމަނިކުފާނަށް މި މައްސަލަ ހައްލު ކުރެވޭނެކަން،" ރައީސް މައުމޫން ވިދާޅުވެފައިވެއެވެ.

ފިނިފެންމާގައި ދިން ރައީސަށް ހަމަލާދީފައި ވަނީ ބޮމެއް ގޮއްވާލައިގެން ކަމަށް ކޮމިޝަން އޮފް ނޭޝަނަލް އިންކްއަރީން ވަނީ ބުނެފަ އެވެ. ރައީސްގެ ލޯންޗުކޮޅުގައި ރައީސަށް ހަމަލާ ދިން ހާދިސާ އާއީ ރައީސް މައުމޫނަށް ޕީޕީއެމްގެ ރައީސް ކަން ގެއްލޭ އިސްލާހެއް އިދިކޮޅު މެންބަރަކު މަޖިލިހަށް ވެއްދުމާއެކު ޕީޕީއެމްގެ ތެރޭގައި އެކަމާ ގުޅިގެން ވަރަށް ބޮޑަށް ހިޔާލު ތަފާތުވެފައި އޮއްވައެވެ. އަދި އޭގެ ފަހުން ރައީސް ޔާމީންގެ ކެމްޕޭން ލީޑަރުން ތަމްރީނު ކުރަން ބޭއްވި ދެ މަހާސިންތާގައި ރައީސް މައުމޫން ބައިވެރިވަޑައި ނުގެން ހުންނަވަނިކޮށެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910