ހަބަރު

މުނައްވަރުގެ ސިފަ ކުރުމަށް މައުމޫން ތާއީދުކޮށްފި

ކޮވިޑް ޖެހިގެން ސްރީލަންކާގައި މަރުވާ މުސްލިމްގެ ހަށިގަނޑުތައް ރާއްޖެ ޖެނެސް ޖަނާޒާ ބާއްވާ ވަޅުލުމުގެ ކަންކަން ކޮށްދޭން ރާއްޖެއިން މަޝްވަރާކޮށް އެ މަސައްކަތް ފެށުމުން ރާއްޖެއަކީ "އިސްލާމިކް ރިޕަބްލިކް އޮފް ގަބުރުސްތާނު" ގެ ގޮތުގައި ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަރު ސިފަ ކުރައްވައިފި އެވެ.

ރައީސް މައުމޫންގެ ސަރުކާރުގެ ބަންޑާރަ ނައިބު އަދި އެމްޑީޕީގެ ކުރީގެ ރައީސް މުނައްވަރު މި މައްސަލައާ ގުޅުވައި އެގޮތަށް ރާއްޖެ ސިފަ ކުރެއްވުމުން ރައީސް މައުމޫން ވެސް ވަނީ މުނައްވަރަށް ތާއީދު ކުރައްވާ މުނައްވަރު އެ ވިދާޅުވީ އެންމެ ރަނގަޅަށް ކަމަށް ދޭހަވާ ގޮތަށް ޓްވީޓް ކުރައްވާފަ އެވެ.

މި ދެ ބޭފުޅުން ނޫންސް މި މައްސަލާގައި ވަރަށް ގިނަ އާންމުންނާއި ގިނަ ދަންނަ ބޭކަލުން ވެސް ދެކޮޅެވެ.


ކުރީގެ ރައީސް އަދި ދީނީ އިލްމުވެރިޔާ މައުމޫން މި މައްސަލާގައި އެ މަނިކުފާނަށް ފެނި ވަޑައިފަންނަވާ ގޮތް ދެ ފަހަރެއްގެ މަތީން ސާފުކޮށް ދެއްވާފައިވާއިރު އެ މަނިކުފާނު ވަނީ އެކަން ރައީސަށް ވެސް ދަންނަވާފަ އެވެ. މި މައްސަލާގައި އެ މަނިކުފާނު ދެކެ ވަޑައިގަންނަވާ ގޮތް ވިދާޅުވި އިރު ސަރުކާރު ކޯލިޝަންގައި ހިމެނި ވަޑައިގަންނަވާ އެއް ލީޑަރު އަދި މި ސަރުކާރުގެ ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާގެ ފިރިކަލުން ގާސިމް އިބްރާހިމް ތާއީދު ކުރައްވަނީ ވަނީ ލަންކާއިން އެދޭ ގޮތަށް އަދި ދިވެހި ސަރުކާރު ބޭނުންްވާ ގޮތަށް އެ މައްސަލާގައި އަމަލު ކުރުމަށެވެ.

އަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އެއްޗެއް ވިދާޅުވެފައި ނުވި ނަމަވެސް ލަންކާގައި ކޮވިޑް ޖެހިގެން މަރުވާ މުސްލިމުންގެ ހަށިގަނޑުތައް ގެނެސް ރާއްޖޭގައި ވަޅުލަން ދިވެހި ސަރުކާރު ތައްޔާރުވެ، އަދި ދިވެހި ސަރުކާރަށް ވާގިވެރިވާ، އިމްރާންގެ އަރިސް ބައެއް ދަންނަ ބޭކަލުންނާއި އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ވިދާޅުވެފައި ވަނީ އެއީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށެވެ. އެގޮތަށް ދެކެ ވަޑައިގަންނަވާ ބޭފުޅުންގެ ތެރޭގައި އިމްރާންގެ އެކުވެރި އަދި ވަރަށް ބޮޑަށް ފާޑު ކިޔުން އަމާޒުވެފައި އޮންނަ ޝައިހު އިލްޔާސާއި ޑރ. މުހައްމަދު އިޔާޒާއި ޝައިހު ޒައިދު ހިމެނެ އެވެ.

އަނެއްކޮޅުން މި މައްސަލަ ސްރީލަންކާގައި ވެސް ހޫނުވެފައިވާއިރު ސްރީލަންކާގައި ކޮވިޑް ޖެހިގެން މަރުވާ މުސްލިމުންގެ ހަށިގަނޑުތައް ރާއްޖޭގައި ވަޅުލައިދޭން ރަސްމީކޮށް އެދުނުކަން އެ ގައުމުގެ ކެބިނެޓަށް އެނގިފައިނުވާ ކަމަށް އެ ގައުމުގެ ކެބިނެޓްގެ ތަރުޖަމާނު ވަނީ ވިދާޅުވެފަ އެވެ. އަދި ލަންކާގެ ދީނީ އިލްމުވެރިންނާ ޖަމާއަތްތައް ދަނީ މިކަމާ ދެކޮޅު ހަދަމުންނެވެ.

މި މައްސަލާގައި މައުމޫން ދެކޮޅު ހައްދަވާއިރު ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ފާރިސް މައުމޫން ދެވަނަ ފަހަރަށް ހައްޔަރު ކުރަން މީގެ ދެ އަހަރު ކުރިން ނެރުނު އަމުރަށް ހައި ކޯޓުން މިއަދު ތާއީދުކޮށްފައި ވަނީ މިދިއަ އާދީއްތަ ދުވަހު އެވެ.

ރިޝްވަތުގެ ތުހުމަތެއްގައި ފުރަތަމަ ފަހަރަށް ޖުލައި، 2017 ގައި ފާރިސް ހައްޔަރުކުރީ އޭރުގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލައާ ގުޅިގެން މެމްބަރަކަށް ރިޝްވަތު ދެއްވި ކަމަށް ބުނެ އެވެ. އެ ތުހުމަތުގައި ހަ މަސް ދުވަހު ބަންދުގައި ބެހެއްޓުމަށް ފަހު ޖެނުއަރީ، 2018 ގައި ކްރިމިނަލް ކޯޓުން ފާރިސް ދޫކޮށްލިތާ ދެ ދުވަސް ފަހުން އެ ކޯޓުގެ އިތުރު އަމުރެއްގެ ދަށުން ދެވަނަ ފަހަރަށް އޭނާ ހައްޔަރުކުރީ މަޖިލީހުގެ މެމްބަރުންތަކަކަށް ރިޝްވަތުގެ ގޮތުގައި ފައިސާ ދެއްވިކަމުގެ އިތުރު ތުހުމަތެއްގަ އެވެ.

ފާރިސް ދެވަނަ ފަހަރަށް ހައްޔަރު ކުރަން ނެރުނު އަމުރު އޭނާގެ ފަރާތުން އިސްތިއުނާފް ކުރިތާ ތިން އަހަރު ވާން ގާތްވެފައި ވަނިކޮށް ހައި ކޯޓުން އާދީއްތަ ދުވަހު ކުރި ހުކުމުގައިވަނީ ފާރިސްގެ ފަރާތުން ފާހަގަކުރި މައިގަނޑު ކަންކަމަކީ އަމުރުތައް ނެރުމާ ބެހޭ ގަވާއިދެއް ނެތުމާއި ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ކަނޑައަޅާފައިވާ އުސޫލުތަކާ ޚިލާފަށް އެ އަމުރު ނެރެފައިވާ މައްސަލަ ކަމަށެވެ. އެކަމަކު އިޖްރާއީ ގޮތުން ހުންނަ ކޮންމެ އުނިކަމަކީ އޭގެ ސަބަބުން އެ އަމުރެއްގެ ސައްހަކަން ގެއްލޭނެ ކަމެއް ނޫން ކަމަށާއި އެހެންވެ، ޖިނާއީ އިޖްރައާތުގެ ގާނޫނު ލާޒިމްކުރާ ގަވާއިދެއް ނެތީސް، އެ އަމުރު ނެރުމަކީ އެކަމުގެ މައްޗަށް އެކަނި ބިނާކޮށް އެ އަމުރު ބާތިލް ކުރަންޖެހޭ ސަބަބެއް ނޫން ކަމަށެވެ.

އަދި މި މައްސަލާގައި މުނައްވަރު ނުރުހުނު އިރު އޭނާގެ ދަރިކަނބަލުން ވަނީ ރައީސް އޮފީހުގެ އިސްވެރިއެއްގެ މައްޗަށް ތުހުމަތުތަކެއްކޮށްފަ އެވެ.