ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ސްރީލަންކާ

ލަންކާގައި ކޮވިޑް ޖެހިގެން ދިވެއްސަކު މަރުވެއްޖެ

ދިވެހިންގެ ބޮޑު އާބާދީއެއް އޮތް އަވައްޓެރި ސްރީލަންކާގައި ކޮވިޑް ޖެހިގެން ދިވެއްސަކު މަރުވެއްޖެ އެވެ. އެނގިފައިވާ ގޮތުގައި މަރުވެފައިވަނީ އުމުރުން ދުވަސްވީ ދިވެހި ފިރިހެނެކެވެ.

ފޮރިން މިނިސްޓްރީގެ އޮފިޝަލަކު ދެންމެ ވިދާޅުވީ ސްރީލަންކާގައި ކޮވިޑްގައި ދިވެއްސަކު މަރުވުމާއި ގުޅިގެން އާއިލާއަށް ފޯރުކޮށްދޭން ޖެހޭ ކޮންސިއުލާ އެހީތެރިކަން ކޮލަންބޯގައި ހުންނަ ދިވެހި ހައިކޮމިޝަނުން ފޯރުކޮށް ދެމުން ގެންދާ ކަމަށެވެ.

އަދި މިދަނޑިވަޅަކީ ލަންކާގައި ކޮވިޑްގެ ހާލަތު ގޯސްވެ އެ ބަލި ހަލުވިކަމާއެކު ފެތުރެމުންދާ ވަގުތަކަށްވާތީ އެ ގައުމުން ރައްކާތެރިކަމުގެ ގޮތުން އަޅާފައިވާ ފިޔަވަޅުތަކަށް ބޯލަނބާ ރައްކާތެރިވެ ތިބުމަށް އިލްތިމާސް ކުރާ ކަމަށެވެ.

ކޮވިޑްގެ ހާލަތު ގޯސްވެ ސްރީލަންކާ އޮތީ ލޮކްޑައުންކޮށްފައެވެ. އެ ގައުމުން މިއަދު ވަނީ ލޮކްޑައުން އަންނަ މަހުގެ ހަވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފައެވެ. ކޮވިޑްގައި އެ ގައުމުން ވަނީ 8،000 ވުރެ ގިނަ މީހުން މަރުވެފައެވެ. މިހާތަނަށް ހަތަރުލައްކައަށްވުރެ ގިނަ މީހުންނަށް ބަލި ޖެހިފައިވެއެވެ.

ލަންކާއަކީ ދިވެހިންގެ 16،000 ވުރެ ބޮޑު އާބާދީއެއް އޮތް ގައުމެކެވެ.