ވިޔަފާރި

ސަޓާ އެވޯޑު މޯލްޑިވިއަން އަށް

Dec 15, 2020

ސައުތު އޭޝިއަން ޓްރެވެލް އެވޯޑް (ސާޓާ) ގެ ލީޑިން ޓޫރިސްޓް ޓްރާންސްޕޯޓް ޕްރޮވައިޑާގެ އެވޯޑް ގައުމީ އެއާލައިން މޯލްޑިވިއަން އަށް މި އަހަރުވެސް ލިބިއްޖެ އެވެ.

ދެކުނު އޭޝިއާގެ ޓްރެވަލް އެންޑް ޓޫރިޒަމް ވިޔަފާރިތަކަށް ހުޅުވާލައިގެން ބާއްވާ ސަޓާ އެވޯޑު ދިނުން މި ފަހަރު ބާއްވާފައިވަނީ ވާޗުއަލްކޮށެވެ. މި އެވޯޑު އިވެންޓު އޮތީ މިއަދު ހަވީރު އެވެ.

މި އެވޯޑް ހަފްލާގައި މޯލްޑިވިއަން އަށް ލިބުނު އެވޯޑާ ހަވާލުވީ މޯލްޑިވިއަންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އައިޝަތު ޖެހިފާ އެވެ.

މި އެވޯޑާ ހަވާލުވުމަށްފަހު ޑީއެމްޑީ ޖެނިފާ ވިދާޅުވި ގޮތުގައި މި އަހަރަކީ މި އިންޑަސްޓްރީއަށް ޗެލެންޖިން އަހަރެއްކަން ފާހަގަ ކުރައްވަ އެވެ. ވައިގެ މަގުން ގުޅުވައި ދިނުމަށް މޯލްޑިވިއަންގެ މުއައްޒަފުން ވަރުބަލި ކަމެއް ނެތި ކުރި މަސައްކަތަށް ޝުކުރު އަދާކޮށްފައިވެ އެވެ.

އޭނާގެ ވާހަކާގައި އިތުރަށް ވިދާޅުވި ގޮތުގައި ޓޫރިޒަމް އާއި އޭވިއޭޝަންއަކީ ގުޅި ލާމެހިފައިވާ ދެ އިންޑަސްޓްރީކަން ފާހަގަކުރައްވާފައިވެ އެވެ. މި އެވޯޑް ލިބުމަކީ ޕާޓްނަރުންނާއި ކަސްޓަމަރުން މޯލްޑިވިއަންއަށް ކުރާ އިތުރުބާރު ދައްކުވައިދޭ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

މޯލްޑިވިއަން އަށް މީގެ ކުރިން ވެސް މި ކެޓަގަރީން މީގެ ކުރިން ދެ ފަހަރެއްގެ މަތިން މޯލްޑިވިއަން އަށް އެވޯޑު ލިބިފައިވެ އެވެ.