ގައުމީ އެއާލައިން -- މޯލްޑިވިއަން އިން ސްރީލަންކާގެ ކޮލަމްބޯއަށް ފަށާ ދަތުރުތަކުގެ ދެކޮޅު ޓިކެޓް ވިއްކާ އެންމެ ހެޔޮ ރޭޓަކީ 165 ޑޮލަރު ކަމަށް އެ އެއާލައިނުން ބުނެފި އެވެ.
މޯލްޑިވިއަން އިން ވަނީ އެ އެއާލައިންގެ ދަތުރުތައް މިމަހުގެ 25 ވާ ބުރާސްފަތި ދުވަހުން ފެށިގެން ކޮޮލަމްބޯއަށް ފެށުމަށް ތައްޔާރުވެފަ އެވެ. މާލެ-ކޮލަމްބޯއަށް ދަތުރުތައް ބޭއްވުމަށް ހަމަޖެހިފައިވަނީ ބުރާސްފަތި ދުވަހާއި ހޮނިހިރު ދުވަހު އެވެ.
މި ފެއާ ރޭޓްގައި 30 ކިލޯގެ ބެގޭޖް އަދި މީލް ލިބޭނެ ކަމަށް މޯލްޑިވިއަން އިން ބުނެ އެވެ.
މީގެ އިތުރުން މޯލްޑިވިއަންގައި ލަންކާއަށް ދަތުރުކުރާ ފަސިންޖަރުންނަށް ކޮލަމްބޯގެ ނަވަލޯކާ ހޮސްޕިޓަލުން ކޮމްޕްލިމެންޓްރީ ބެނެފިޓްސް ލިބޭނެ ކަމަށްވެސް އެ އެއާލައިނުން ބުނެ އެވެ.
އެ ގޮތުން ހިލޭ މެޑިކަލް ކޮންސަލްޓޭޝަނާއި މެޑިކަލް ހިސްޓްރީ އިވެލުއޭޝަން ލިބޭނެ ކަމަށް މޯލްޑިވިއަން އިން ބުނެ އެވެ. މީގެ އިތުރުން ޑެންޓަލް ޗެކަޕް އާއި ބޮޑީމާސް އިންޑެކްސް އަދި ލޮލުގެ ފެނުން ހިލޭ ޓެސްޓް ކުރެވޭނެ ކަމަށްވެސް މޯލްޑިވިއަން އިން ބުނެ އެވެ.
ނަވަލޯކާ ހޮސްޕިޓަލުން ކޮމްޕްލިމެންޓްރީ ބެނެފިޓްސް ތެރޭގައި ފަސިންޖަރުންނަށް އޯޕީޑީ ލެބޯޓްރީ ޓެސްޓްތަކުން 15 ޕަސަންޓް ޑިސްކައުންޓް އަދި އެކްސް-ރޭ އިން ފަސް ޕަސަންޓް ޑިސްކައުންޓް ލިބޭނެ ކަމަށް މޯލްޑިވިއަން އިން ބުނެ އެވެ.