ހަބަރު

ގެނބިގެން ހާލު ދެރަވި ކުއްޖަކަށް ފަރުވާ ދެނީ

ގެނބިގެން ހާލު ދެރަވި އުމުރުން 13 އަހަރުގެ ކުއްޖަކަށް ފަރުވާ ދޭން ފަށައިފި އެވެ.

އެމްއެންޑީއެފްގެ މީޑިއާ އޮފިސަރު މޭޖާ އިބްރާހިމް އާޒިމް ވިދާޅުވީ ގއ. މާނަގަލާ ކައިރިއަށް ގެނބިގެން ހާލު ދެރަވި އުމުރުން 13 އަހަރުގެ ކުއްޖަކު އަވަސް ފަރުވާއަށް ގއ. އަތޮޅު ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުންދާ ކަމަށެވެ. އެ ކުއްޖާ އަވަސް ފަރުވާއަށް ހޮސްޕިޓަލަށް ގެންގޮސްފައިވަނީ ސިފައިންގެ އެހީތެރިކަމުގައެވެ.

އެ ކުއްޖާ ގެނބެމުންދަނިކޮށް ސަލާމަތް ކުރީ އާއިލާ މީހެކެވެ.

އެނގިފައިވާ ގޮތުގައި ކުއްޖާގެ ހާލު އެހާ ސީރިއަސްއެއް ނޫނެވެ. ކުއްޖާ ފަރުވާއަށް ގެންދެވުނީ ނޭވާލާން އުނދަގޫވާތީ އެވެ.