ދޯންޏެއްގެ ފަލްކާތެރެއަށް ވެއްޓި ދިވެއްސަކަށް އަނިޔާވެއްޖެ އެވެ.
އެމްއެންޑީއެފް އިން ބުނީ ކ. ތިލަފުށި ބަނދަރުގައި އޮތް ދޯންޏެއްގައި ހުރި މީހަކު ފަލްކާތެރެއަށް ވެއްޓި އަނިޔާ ވެފައިވާ ކަމަށެވެ. އަނިޔާވެފައި ވަނީ އުމުރުން 40 އަހަރުގެ ދިވެއްސެކެވެ. އެ މީހާ އަވަސް ފަރުވާއަށް މާލެ ގެނައުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. މިރޭ ހަތެއް ޖެހިއިރު ލިބުނު ރިޕޯޓާއި ގުޅިގެން ސިފައިން ދަނީ އެ މީހާ މާލެ ގެނައުމަށް މަސައްކަތް ކުރަމުންނެވެ.