ރާއްޖޭގެ މޫސުން ވަރަށް ބޮޑަށް ގޯސްވެ ހއ. އަތޮޅުން ފެށިގެން ތ. އަތޮޅަށް ވައިޓް އެލާޓް ނެރެފި އެވެ.
މެޓުން މިއަދު ބުނީ މޫސުން ގޯސްވާނެ ކަމަށް ލަފާ ކުރެވިފައިވާތީ ހއ. އަތޮޅުން ފެށިގެން ތ. އަތޮޅަށް ވައިޓް އެލާޓް ނެރެފައިވާ ކަމަށެވެ. ވައިޓް އެލާޓް ނެރެފައިވަނީ މިއަދު ހަތަރެއް ޖެހުމާއި ހަމައަށެވެ.
މި ވަގުތުތަކުގައި ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް ލަފާކޮށްފައިވާއިރު ވިލާގަނޑުގައި ގާތްގަނޑަކަށް ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށް މެޓުން ބުންޏެވެ.