އެޑްވަޓޯރިއަލް

މޯލްޑިވިއަން- އަބަދުވެސް ރައްޔިތުންނާއެކު

Dec 22, 2020

ދުނިޔެއަށް ކޮވިޑް-19 ގެ ބަލި ފެތުރުމާއެކު އެންމެ ބޮޑަށް ގެއްލުންވި އިންޑަސްޓްރީއަކީ އެއާލައިން ތަކެވެ. ދަތުރު ކުރާ މީހުންގެ އަދަދު މަދުވެ، ދުނިޔޭގެ ގިނަ އެއާލައިންތަކެއް ބަނގުރޫޓު ވެގެން ދިޔަ އެވެ. ދުނިޔޭގެ ބައިނަލް އަގުވާމީ ދަތުރު ދަތުރުފަތުރާ ބެހޭ އިދާރާ އަޔާޓާގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މި އިންޑަސްޓްރީއަށް މި އަހަރުގެ ދެވަނަ ކުއާޓަރުގައި ލިބުނު ގެއްލުން 100 ބިލިއަން ޑޮލަރަށްވުރެ ބޮޑުވާނެ އެވެ. މި ގެއްލުމަށް ކެތް ނުކުރެވިގެން ދުނިޔޭގެ ގިނަ އެއާލައިންތަކެއް ބަނގޫޓު ވެގެން ހިނގައްޖެ އެވެ. ތަފާތު ހިސާބުތައް ދައްކާ ގޮތުގައި މިހާތަނަށް 43 އެއާލައިންއެއް ބަނގުރޫޓުވެ ވުޖޫދުން "ގެއްލިޖެއް" އެވެ. މި ގެއްލުން ރާއްޖެ އަށް ވެސް ކުރިމަތިވި އެވެ. މީގެ އެއް ކުންފުންޏަކީ ގައުމީ އެއާލައިން މޯލްޑިވިއަން އެވެ. ނަމަވެސް އެ ކުންފުނި ގެއްލުވިނަމަވެސް އެންމެ ދަތި ހާލަތުގައިވެސް އުޅުނީ ގައުމީ ހިދުމަތުގަ އެވެ.

ރާއްޖޭގެ ގައުމީ އެއާލައިން ނުވަތަ މޯލްޑިވިއަންއަކީ ގައުމަށް ދިމާވާ ކޮންމެ ހާލަތެއްގައި ވެސް އެންމެ ކުރީ ސަފުގައި އޮންނަ ކުންފުންޏެކެވެ. ސަތޭކަ ޕަސެންޓް ދިވެހިން މެނޭޖު ކުރާ ކުންފުނީގެ ވިޔަފާރީގެ ބޮޑުބައެއް ކޮވިޑް-19 އާ ހަމައަށް އައިރު އޮތީ ބޭރަށް ބަރޯސާވެފަ އެވެ. އޭރު ރާއްޖޭގެ ޓޫރިޒަމްގެ ބޮޑުބައެއް ހިއްސާކުރި ޗައިނާ އިން ޓޫރިސްޓުން ގެނައުމުގެ ޒިންމާ އުފުލީ މި ކުންފުންޏެވެ. އެކަމުގައި އެއާބަސްގެ ބޯޓެއް ބޭނުން ކުރަމުން ދިޔަ ނަމަވެސް ޗައިނާގެ އުވާން ސިޓީން ނުކުތް ވައިރަހުގެ ސަބަބުން ޗައިނާ ބަންދު ވުމާއެކު އެ ކުންފުނީގެ އޮޕަރޭޝަންގެ 90 ޕަސެންޓަށް ވުރެ ބޮޑުބައި "ތަޅު " އެޅުވިގެން ދިޔަ އެވެ. ހުރިހާ ބޯޓެއް ގްރައުންޓް ކުރި އެވެ. އެކަމަކު މި ހާލަތުގައި ވެސް މޯލްޑިވިއަން ގައުމީ ހިދުމަތުން އެއް ފަރާތެއް ނުވި އެވެ.

ކޮވިޑްގެ ހާލަތުގެ ދަތީގައި ކުރި ހިދުމަތް

ގައުމީ އެއާލައިންގެ މެނޭޖުމަންޓުން ދެން ބެލީ މި ވަގުތު ގައުމަށް ކޮށްދެވޭނީ ކޮން ކަމެއް ތޯ އެވެ. ރާއްޖޭގެ އެއާޕޯޓް ބަންދުކޮށް ދިވެހިން ތިބީ ބޭރުގައި ތާށިވެފަ އެވެ. ގައުމުތަކުގެ ބޯޑަރުތައް ހުރީ ބަންދުކޮށްފަ އެވެ. އަދި ރާއްޖޭގައި އެ ވަގުތު ގައުމަށް ނުދެވި ތިބި ޓޫރިސްޓުންނާއި އެކި ގައުމުތަކުގެ މީހުން ވެސް އެ މީހުންގެ ގައުމަށް ދެވޭނެ ގޮތް ހަދައިދިނީ ގައުމީ އެއާލައިންނެވެ. މިކަން އެ ގައުމުތަކުގެ މީހުންވެސް ވަނީ ފާހަގަ ކޮށްފަ އެވެ. މީގެ އިތުރުން ރާއްޖެ އަށް ކުރިން ކުރި މުދާ އުފުލާ ފްލައިޓްތައް ހުއްޓާލައިވުމުން ރާއްޖޭގެ ބާޒާރު ދިޔައީ "ޑްރައިވަމުން" ނެވެ. ތަރުކާރީ އާއި މޭވާ ފަދަ ބާވަތްތައް ދިޔައީ ހުސްވަމުންނެވެ. މި ވަގުތު ހާއްސަ ޗާޓަރު ތަކެއް އަޅަން ފެށި އެވެ. ޗާޓަރު ފްލައިޓެއް އަޅާ ވަރަށް ޑިމާންޑު ނެތް ނަމަވެސް ހުރި މިންވަރެއް ހޯދުމަށް ގައުމުތަކަށް އުދުފުއްސައި ގަތެވެ.

ބަލި މީހުން ކަރަންޓީން ފެސިލީޓަކުން ގެނެސް، ގެންގޮސް ދިނުމުގެ ބޮޑު އޮޕަރޭޝަންގެ އެންމެ ކުރީ ސަފުގައިގައި ވެސް ތިބީ އެ މީހުންނެވެ. އެޕްރީލް މަހުން ސެޕްޓެމްބަރު މަހުގެ ނިޔަލަށް 689 ސީޕްލޭން ދަތުރުތައް އެ ކުންފުނިން އަޅާފައިވެ އެވެ.

މޯލްޑިވިއަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޒުވީ ވިދާޅުވި ގޮތުގައި ޕެންޑަމިކްތެރޭ ވަރަށް އުނދަގުލުގައި ޤައުމީ އެއާލައިން ގެ މަސައްކަތް ނުހުއްޓި ކުރިޔަށް މި ގެންދެވުނީ ސަރުކާރުން ވަރަށްބޮޑު އެއްބާރުލުމެއް ލިބިގެން ކަމަށެވެ.

"މި ކަމުގައި މުއައްޒަފުން ޓީމެއްގެ ގޮތުގައި ދެއްކި ހިތްވަރުން ފާގަގަ ކުރަން. ކުންފުނި ނުހުއްޓި ކުރިޔަށް ގެންދަން ޕެންޑަމިކް ތެރޭ ގެނައި ބަދަލުތަކުގައި މުއައްޒަފުންގެ ފަރާތުން ފުރިހަމަ އެއްބާރުލުންލިބުނު އަދި މަސައްކަތުގައި ވެސް އެކަން ވަނީ ދައްކާފައި. މުއައްޒަފުންނާ ދޭތެރޭ މި ޔަގީންކަން އަބަދުވެސް އަޅުގަނޑަށް އޮވޭ،" ރިޒުވީ ވިދާޅުވި އެވެ.

މުސްތަގުބަލް އުޖާލާ މަންޒަރުތަކެއް

މި އަހަރުގެ ދެވަނަ ކުއާޓަރުގެ ރިޕޯޓުން 130 މިލިއަން ރުފިޔާގެ ގެއްލުންވި ކަމަށް ދެއްކީ ވިޔަފާރި ނެތީމަ އެވެ. ދުނިޔޭގެ އެހެން އެއާލައިންތަކެކޭ އެއްގޮތަށް މޯލްޑިވިއަންއަށްވެސް ލިބުނު ގެއްލުން މިލިއަނުން މައްޗެވެ. ނަމަވެސް މުސްތަބަލް ރަނގަޅުވުމުގެ ނިޝާންތަކެއް މިހާރު ވަނީ ފެންނަން ފަށާފަ އެވެ. އެއް ކަމަކީ ޓޫރިޒަމް ރަނގަޅުވެ ދަތުރުތައް ލިބުމެވެ. އެ ކުންފުނިން ބަލަހައްޓާ އެއާޕޯޓުތައް ކަމަށް މާފަރު ފަދަ ތަންތަނަށް ޖައްސާ ބޯޓު ފަހަރު ގިނަވުމަކީ ކުންފުންޏަށް އާމްދަނީ އިތުރުވާނެ ސަބަބެކެވެ. އަދި ކޮވިޑް-19 ގެ ބަލިން ދުނިޔެއިން ރަނގަޅުވެ ވެކްސިން އައުމަކީ ވެސް އުންމީދީ ނިޝާނެކެވެ. މި ބަދަލުތަކާއެކު އެ ކުންފުނީގެ އެއާބަސްގެ އޮޕަރޭޝަންތައް ބޭރަށް ފެށޭނެ އެވެ. އެކަންވުމުން ދެން ފެންނާނީ ކުންފުނި ކުރި އަށް ދާ ތަނެވެ.