ހަބަރު

ފަނަރަ އަތޮޅަކަށް ވައިޓް އެލާޓް ނެރެފި

ފަނަރަ އަތޮޅަކަށް ވައިޓް އެލާޓް ނެރެފި އެވެ.

މެޓް އޮފީހުން ބުނީ ހދ އަތޮޅުން ފެށިގެން ގއ އަތޮޅަށް ވައިޓް އެލާޓް ނެރެފައިވާ ކަމަށެވެ. އެ އެލާޓް ނެރެފައިވަނީ މިރޭ 10 ކުން ފެށިގެން މެންދަމު ތިނެއް ޖެހުމާއި ހަމައަށެވެ. އެ ވަގުތުތަކުގައި ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ އެވެ. އަދި ވިލާގަނޑުގައި 45 މޭލަށް ވައިގަދަވާނެ ކަމަށް ލަފާ ކޮށްފައިވެއެވެ.

ރާއްޖޭގެ ބޮޑު ބަޔަކަށް ވައިޓް އެލާޓް ނެރެފައިވާއިރު މިހާރުވެސް ވެރިރަށުގެ މޫސުން ވަރަށް ގޯހެވެ. މި ވަގުތުވެސް ދަނީ ވާރޭވެހެމުންނެވެ. މިއަދު އެކި ވަގުތުތަކުގައިވެސް މާލެއަށް ވާރޭވެހުނެވެ. ބައެއް އަވަށްތަކުގައި ފެންބޮޑުވުމުގެ ސަބަބުން ފެންހިއްކަން ސިފައިން ހަރަކާތްތެރިވެފައިވެއެވެ.